އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) --
ހަބަރު
02 Nov 2025 | 12:03
މަންދީ ކޯޓަށް ހާޟިރުނުވުމުން ޙުކުމް ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކާއި ބެހޭ ގޮތުން އެ ޕާޓީގެ އެކްޓްވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން މަންދީގެ މައްޗަށް ކުރި ޙުކުމް ބާތިލްކޮށްދިނުމަށް އެދި މަންދީ ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހު މަންދީ އާއި ދެކޮޅަށް ކުރި ޙުކުމާއި ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަންދީގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ، އޭރު މަންދީގެ ޣައިރު ހާޒިރުގައި ކުރި ޙުކުމް ބާތިލްކުރުމަށް އެދިއެވެ.

އެގޮތުން މަންދީ އާއި ދެކޮޅަށް ކުރި ޙުކުމުގައި ބުނީ، ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކަތަކުން އެ ކުއްޖާގެ އަބުރަށް އުނިކަން އައިސްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބަދަލު ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ރައީސްގެ އަނބިކަނބަލުން މެޑަށް ސާޖިދާ މުޙައްމަދުގެ ކިބައިން މާފަށް އެދުމަށް އެ ޙުކުމުގައި ވެއެވެ.

އެ ޙުކުމް ބާތިލްކުރުމަށް މަންދީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބޭރުކުރަމުން ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނީ، އެ މައްސަލައިގައި ދައުވާކުރި ފަރާތް ކަމަށްވާ މަންދީ ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓާއި ހަވާލުވުމަށްފަހުވެސް ގަޑިއަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އެގޮތުން އެ މައްސަލައިގެ އަޑުއެހުމަށް މިދިޔަ ބުދަ ދުވަހު 11:30 ކީއިރުވެސް، މަންދީގެ އައްޔަންކޮށްފައިވާ ތިން ވަކީލުންގެ ތެރެއިން އެއްވަކީލަކުވެސް ހާޒިރު ވެފައިނުވާ ކަމަށް އެ ޙުކުމުގައި ވެއެވެ. 

އެގޮތުން އެ ދުވަހުގެ ޝަރީއަތް ފެށޭ ވަގުތުގެ 15 މިނެޓުވީއިރު ވެސް ވަކީލުން ވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ގާތްގަޑަކަށް އިތުރު 5 މިނެޓަށް ޝަރީއަތް ފެށުން ލަސްކުރިއިރު ވެސް ވަކީލުން ޙާޒިރުވެފައިނުވާ ކަމަށާއި، އެކަމާއިި ގުޅިގެން ކޯޓުން ވަކީލުންނަށް ގުޅުމުން ވަކީލު ވިދާޅުވީ އެ ލޯފާމުގެ ހުރިހާ ވަކީލުންހެން ތިބީ ޝަރީއަތްތަކުގައި ކަމަށާއި އެއް ވަކީލަކު ހުސްކޮށް ހުރިނަމަވެސް ބަލިހާލަތު ހުރި ގޮތުން އެ ވަކީލު ކޯޓަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށެވެ.

އަދި ލިޔުމުން އެކަން ކޯޓަށް އަންގާނެ ކަމަށް ވެސް ވަކީލުން ވިދާޅުވި ކަމަށް ވެސް ޙުކުމުގައި ބުންޏެވެ.

އެހެން ނަމަވެސް އެރޭ 19:00 ޖެހިއިރު ވެސް ވަކީލުންގެ ފަރާތުން ކޯޓަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅައިފައިނުވާ ކަަމަށް ވެސް އެ ޙުކުމުގައި ބުންޏެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ