ކުރިން މާލޭގައި ބޭއްވުނު މިފަދަ ހިނގާލުމެއްގެ ތެރެއިން
ހަބަރު
02 Nov 2025 | 20:17
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް

މާދަމާ ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި މިރޭ ކުރެވޭ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ހިނގާލުން -- ފައިލް ފޮޓޯ 

އަދި، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި އޮންނާނެ އެވެ.

ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ އެވެ. 

ސިފައިންގެ އަހަރީ ދުވަހުގެ ހިނގާލުން -- ފައިލް ފޮޓޯ

މީގެއިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގަ އެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.