ސުޕަމޫން -- ފޮޓޯ: އިންޓަރނެޓް
ހަބަރު
05 Nov 2025 | 10:15
6 އަހަރުތެރޭ ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެ!

ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ވެސް ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ.

މިރޭގެ ހަނދު ފެންނާނީ އާދަޔާ ހިލާފަށް އަލިގަދަކޮށް، އަދި ބޮޑުކޮށެވެ. މިއީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދުނިޔެއާ އެންމެ ކައިރިއަށް ހަނދު ފެންނާނެ ސުޕަމޫނެވެ. 

"ސުޕަމޫން" އަހަރެމެންނަށް ފެނިގެންދަނީ، ކޮންމެ މަހަކު ދުނިޔޭގެ ވަށައިގެން ހަނދު ދައުރުވާ އެލިޕްޓިކަލް އޯބިޓުގެ ޕެރިޖީ (އެންމެ ކައިރި ޕޮއިންޓް) އާއި ފުލް މޫން އެއްކޮށް ދިމާވުމުންނެވެ. މިރޭގެ ހަނދު ދުނިޔެއާއި އޮންނަ ދުރުމިނަކީ ގާތްގަނޑަކަށް 356،980 ކިލޯމީޓަރެވެ. މިއީ ދުނިޔެއާއި އެންމެ ކައިރީގައި ހަނދު އޮންނަ ހިސާބެވެ.

އެންމެ ފަހުން މިހާ ކައިރިން ހަނދު ފެނިގެން ދިޔައީ 2019 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.  

"ބީވަމޫން" ގެ ނަމުން ވެސް ނަންދެވިފައިވާ މި ހަނދު އަރަން ފަށާނީ މިރޭގެ އިރުއޮއްސޭއިރެވެ. އެންމެ ރަނގަޅަށް މި ހަނދު ފެންނަން ހުންނާނީ އިރުއޮއްސޭތާ 30 މިނެޓް ފަހުންނެވެ. ފަލަކީ އިލްމުވެރިން ބުނާގޮތުގައި މުޅި ރޭ އުޑުމަތިން ހަނދު ފެންނަން ހުންނާނެއެވެ.

މި އަހަރު ޖުމުލަ ތިން ސުޕަމޫން ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. މިރޭގެ ސުޕަމޫނަކީ މި އަހަރުގެ ދެވަނަ ސުޕަމޫނެވެ. އަހަރުގެ ފުރަތަމަ ސުޕަމޫން ފެނިގެން ގޮސްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހެވެ. އަދި މިއަހަރުގެ އެންމެ ފަހު ސުޕަމޫން ފެންނާނީ އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

މިރޭގެ ހަނދަށްވުރެ ކައިރިން ދުނިޔެއަށް ހަނދު ދެން ފެންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.  މިއީ 2019 ވަނަ އަހަރުގެ ސުޕަމޫނަށް ވުރެ ވެސް ދުނިޔެއާ މާ ކައިރިން ފެންނާނެ ހަނދެކެވެ. 

މީގެ އިތުރުން، 2028 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަދި 2029 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ދުނިޔެއާ އެއަށްވުރެ ގާތް ސުޕަމޫންތަކެއް ފެނިގެންދާނެ ކަމަށް ވެސް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.