ސަރ ޑޭވިޑް ބެކަމް-- ފޮޓޯ/ އިންޓަނެޓު
ދުނިޔެ
05 Nov 2025 | 14:05
އިނގިރޭސި ރަސްގެފާނުގެ ފަރާތްޕުޅުން އަރުވާ "ނައިޓް" ލަޤަބު ޑޭވިޑް ބެކަމްއަށް

މަޝްހޫރު ފުޓްބޯޅަ ލެޖެންޑް، ޑޭވިޑް ބެކަމް އަށް ކިންގ ޗާލްސް ގެ ފަރާތުން ރަސްމީކޮށް ނައިޓްކަމުގެ ލަޤަބު އަރުވައިފިއެވެ. މިއީ އިނގިރޭސިވިލާތުގެ ރައްޔިތަކަށް އެރުވޭ އެންމެ މަތީޝަރަފުތަކުގެ ތެރެއިން އެއް ޝަރަފެވެ.

ބެކަމްއަށް މި ލަޤަބު އަރުވާފައިވަނީ ނޮވެމްބަރ 4 ވަނަ ދުވަހު ވިންޑްސަރ ކާސަލްގައި ބޭއްވުނު "ދަ ސެރެމޯނިއަލް ޑަބިންގ އޮފް ދަ ނައިޓް" އޭ ކިޔުނު ހާއްސަ ޝާހީ ރަސްމިއްޔާތެއްގައެވެ. މިހާރު ފުޓުބޯޅަކުޅުމުން ރިޓަޔާވެފައިވާ 50 އަހަރުގެ ޑޭވިޑައަށް މި ލަޤަބު އެރުވުނީ ކުޅިވަރާއި، އިންސާނިއްޔަތަށް އެނާ ކޮށްދީފައިވާ ފާހަކޮށްލެވޭ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. 

ނައިޓްކަމުގެ ލަޤަބަކީ "ބްރިޓިޝް މަލްޓިޓިއުޑް" ނިޒާމުގެ ތެރެއިން ދެވޭ ޚާއްޞަ ޝަރަފެކެވެ. މި ލަޤަބު ލިބޭ ފިރިހެނުންނަށް "ސަރ" އަދި އަންހެނުންނަށް "ޑޭމް" ގެ ލެ ލަޤަބު ދެވެއެވެ. އަދި ނައިޓްކަމުގެ ލަޤަބު ލިބޭ މީހުންގެ އަނބިންނަށް "ލޭޑީ" ގެ ލަޤަބު އެރުވެއެވެ.

އެހެންކަމުން މި ރަސްމިއްޔާތުގައި ޑޭވިޑްގެ އަނބިކަނބަލުން ވިކްޓޯރިއާ ބެކަމްއަށް ވެސް މި ލަގަބު އަރުވާފައިވެއެވެ. ޕީޕަލް މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތުން މި ދެމަފިރިނަގެ އައު ލަޤަބަކީ "ސަރ ބެކަމް" އަދި "ލޭޑީ ބެކަމް" އެވެ.

ސަރ ޑޭވިޑް ބެކަމްއަކީ މެންޗެސްޓަރ ޔުނައިޓެޑް، ރިއަލް މެޑްރިޑް، އޭސީ މިލާން، ޕެރިސް ސެއިންޓް-ޖަރމޭން އަދި ލޮސް އެންޖެލެސް ގެލެކްސީ ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ. ބެކަމް ވަނީ އިނގިރޭސި ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. ބެކަމް ގެންދަނީ ކިންގްސް ފައުންޑޭޝަންގެ އެމްބެސެޑަރެކެވެ. އަދި ޔުނިސެފްއާއެކު ވެސް އެތައް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވަމުންދާ ފަރާތެކެވެ. 

ބެކަމްގެ ކުރިން މި ޝަރަފުވެރި ލަޤަބު އިޑްރިސް އެލްބާ (53)، މައިކަލް ކޭން (92)، އަދި އެންތޮނީ ހޮޕްކިންސް (87)، ހެލެން މިރެން (80)، ޖޫލީ އެންޑްރޫސް (90)، އަދި އެމާ ތޮމްޕްސަން (66) އަށް އަރުވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް