ރައީސް ޑރ.މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Nov 2025 | 15:30
އައްޑޫ ހުޅުދޫ އަދި މީދޫ އިދާރީގޮތުން ވަކިވެގެން ދިއުމަކީ ތަރައްޤީއަށް ލިބުނު މޮޅެއް: ރައީސް

އައްޑޫ ހުޅުދޫ އަދި މީދޫ އިދާރީގޮތުން ވަކިވެގެން ދިއުމަކީ، ތަރައްޤީގެ ކަންކަން ބާރުސްޕީޑްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދިޔަ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު އައްޑޫ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ އައްޑޫސިޓީ އިދާރީ ހިންގުމުން އެ ދެރަށް ވަކިވެގެން ދިއުމަކީ އެ ދެރަށުގެ ތަރައްޤީގެ ކުރިމަގަށް ލިބުނު މޮޅެއްކަމަށް ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ހުޅުދޫ އާއި މީދޫގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނީ އެ ދެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށާއި އެގޮތުން ސިޓީން ވަކިވުމަށް ދެރަށުގެ ރައްޔިތުން ނިންމި ނިންމުމަކީ ތަރައްޤީގެ އެތައް އެތައް މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނޭ ކަމެއްކަމަށެވެ. 

އެކަމުގެ ހަމަ ސަރުކާރުން ކޮށްދޭންޖެހޭ ކޮންމެކަމެއް ވަރަށްބޮޑު އިސްކަމެއް ދީގެން ކޮށްދޭނެކަމުގެ ޔަގީންކަންދެން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ޑޮމޮކްރަސީގަ އޮންނަ ހަމަޔަކީ ނިކަމެތި ކުރެވިފައިވާ ފަރާތްތަކާއި ބާކީކުރެވިފައިވާ ފަރާތްތަކަށް އިސްކަންދިނުން ކަމަށާއި، އެގޮތުން ކުރިއަށް އޮތްތަނުގައި އެ ދެރަށުގެ ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ހަމަގޮތެއްގައި ކަންކަން ކޮށްދިނުމުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޅި އައްޑޫގެ ތަރައްޤީގެ ކަންކަން ހަމަހަމަ ގޮތެއްގައި ކުރިއަށްދާކަން ޔަގީންވަންދެން ސަރުކާރުން ކަންކަން ކުރިއަށްގެންދަން މަސައްކަތްތައް ކުރަމުންދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ