ރައީސުލްޖުމްހޫރިއްޔާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން --
ހަބަރު
05 Nov 2025 | 16:59
ބުރިޖު ވައުދު ހަނދާން އެބަހުރި، އަންނަ އަހަރު މަސައްކަތް ފެށޭނެ: ރައީސް

އައްޑޫ ހުޅުދޫ މީދޫ ބުރިޖަކީ ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، އެ މަސައްކަތް އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ޙަވާލުކޮށްފައިވާއިރު އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ހަވާލުކުރެވިފައިވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުންޏާއި ހަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށްދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް އެގްރީމަންޓް ހަދައި، އިރާދަކުރެއްވިއްވާ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އަމަލީގޮތުން ފަށާފައިވާ ޒަމާނީ ތަރައްގީގެ ބައެއް މުހިންމު މަޝްރޫއުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މަގުހެދުމާއި ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ހައްލެއް ގެނައުމާއި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ބޭންކިން ހިދުމަތް ދެރަށުގައި ވެސް އެއްވަރަކަށް ގާއިމުކުރުމަށް، ގޮފިތައް ގާއިމުކުރުމާއި އެމްއައިބީގެ އޭޓީއެމް ހުޅުވީވެސް ހަމަހަމަކަމާއެކީގައި ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތާއި ތަރައްގީ ގެނެސްދިނުމުގައި، އެ ބޭނުންފުޅުގައި، އެ އަޒުމުގައި، އެ ނިޔަތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިއީ ފެށުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި މިފަދަ އެތައްކަމެއް މި ދެރަށުގެ ތަރައްގީއަށް ކޮށްދިނުމަކީ އެ މަނިކުފާނުގެ އުފާފުޅަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ