މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
05 Nov 2025 | 17:44
މިލިޓަރީ މަތިންދާ ބޯޓްތައް ހޯދަނީ، އެމްއެންޑީއެފަކީ ވަރުގަދަ ބާރަކަށް ހައްދަވާނެ: ރައީސް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރައްވަން ނިންމާ އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ދިވެހީން ބޭނުންވާ ގޮތް ކަމުގައި ވިދާޅުވެ އެކަން ކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ވައިގެ ބާރާއި ކަނޑުގެ ބާރާއި އެއްގަމުގެ ބާރު ވަރުގަދަ ކުރެއްވުމަށް ވަސީލަތްތައް އިތުރުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ކޯސްޓްގާޑްގެ ފްލީޓް ދެ ގުނަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސިފައިންގެ މެރިންކޯ އަށް ވަސީލަތްތައް އިތުރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މިހާރު ވަނީ އެމްއެންޑީއެފަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް

"މި ގައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ޤާއިމުވެފައި އޮތުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން," ރައީސް ވިދާޅުވި އެވެ.

އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފަކީ ވަރުގަދަ ފޯސްއަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. 

".. 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓްގައި މި ގައުމު ގުނާލެވޭނީ ހަމަ ޔަގީނުންވެސް މި ގައުމުގައި ވަރުގަދަ ހުރިހާ ދާއިރާއަކުން ވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮތް ގައުމަކަށް ވެގެން," ރައީސްގެ ތަސައްވުރު ވިދާޅުވެ ދެއްވާ މިއަދުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.