ކުރީގެ ރައީސް މައުމޫން އަދި އިބްރާހިމް ދީދީ
ހަބަރު
05 Nov 2025 | 18:42
މައުމޫނާއި ގުޅުވާ ފަތުރާ ދޮގުތަކަށް ދީދީ ނިކުންނަވާ ވަރުގަދަ ރައްދެއް ދެއްވައިފި

ނޮވެންބަރު ތިނެއް, 88 ގެ އުދުވާނާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒު ކުރައްވާ ބައެއް ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކާއި ގުޅިގެން ނޮވެންބަރު ތިނެއްގެ ބަތަލު, ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް ދީދީ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަދަލުކޮށް ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ތަމަޅައިގެ ބަޔަކާއެކު ހަތިޔާރު ހިފައިގެން އަރާ މީގެ 37 އަހަރު ކުރީން ހިންގި އުދުވާނުގައި ދިވެހީންގެ ތެރެއިން 19 މީހަކު ޝަހީދުކޮށްލި އެވެ. އެ ހާދިސާގެ ހަގީގަތް އޮޅުވާލަން ކެނޑިނޭޅި ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ވަރަށް ގިނައިން ފިތުނަވެރި, ދޮގު ވާހަކަތައް ފަތުރާ އެކައުންޓަކުން ވަނީ އެ ދުވަހު ރައީސް މައުމޫން ފިއްލެވީ ކަމަށާ އެމަނިކުފާނަށް ނަސްރުގެ ދުވަހުގެ ޚާއްސަ އައްޑަނަ ހައްގު ނޫން ކަަމަށް ބުނެ ވާހަކަތަކެއް ދައްކާފަ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވާ އިބްރާހިމް ދީދީ ވިދާޅުވީ ރައީސް މައުމޫން ވެރިކަމާއި ޙަވާލް ވެވަޑއިގެން 1978 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިންނަށް ހިލޭ ޓްރެނިންގް އާއި ހިލޭ ހަތިޔާރު އޭރުގެ ފެންވަރަ ހޯއްދަވައި ދެއްވި ކަމަށެވެ. އަދި 1988 ނޮވެމްބަރު 3 ގައި ސިފައިން ގެ މަރުކަޒު ތަމަޅައިން ގެ އަތްދަށަށް ނުގޮސް الله سبحانه وتعالى ގެ ރަޙްމަތްފުޅުން ސަލާމަތް ކުރެވުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

".. އަޅުގަނޑު މި އީ އެކަން އެއްމެ ގާތުން ދުށް މީހެއް. 3 ނޮވެމްބަރ 1988 ގައި އެމަނިކުފާނު އަރިހުގައި ފަތިހު ފަހެއްް ޖެހީއްސުރެ ހައެއް ޖަންދެން ހަތިޔާރާއި އެކު އަޅުގަނޑު ހުރިން. އެމަނިކުފާނު ކެނޑި ނޭޅި ފޯނުން މަސަތްކަތްޕުޅު ކުރެއްވީ ދިވެހި ސިފައިންނަށް އިރުޝާދު ދެއްވަވާ އަވަށްޓެރި އަދި ދުރު ގައުމުތަކުގެ ވެރިންނާއި ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް ހިތްވަރުފުޅާއި ޙިކްމަތް ތެރިކަމާއި އެކު," ބަޑި ގުދަނުގެ ތަޅުދަނޑި ފޯރުކޮށްދީ އަދި ރައީސް މައުމޫންގެ އަރިހުގައި ފޯރި މެރުމުގައިވެސް ހަރަކާތްތެރިވި ދީދީ ވިދާޅުވި އެވެ.

".. ވޮޝިން މެޝިންފޮށިގަނޑެއްގެ ގެ ވާހަކަ އެއީ ދޮގު ބުހުތާން އެއްވެސް އަސްލެއް ނެތް ވާހަކަ. ތީމުގެ އިން ފަތިހު އެބިރުވެރި ގަޑީގަ ތުއްޕުޅު ޣައްސާން [މިހާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން] އާއި އަނބިކަނބަލުން [އޭރުގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް] ނާއި އެކު ނުކުމެވަޑއިގަތީ ހިތްވަރުފުޅު ގަދަވީމަ. އެއްވެސް ބޭފުޅަކާއި ބެހޭ ގޮތުން މިހާ ހައްސާސް ކަމެއްގަ އަސްލެއް ނެތްވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއްނޫން," ދީދީ ވިދާޅުވި އެވެ.

ކޮމެންޓް
ޢަލީރަޝީދު
އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ތާރީޚު އޭގެ އަސްލަށް ރުޖޫޢަވާނެއެވެ . ނަސްރުގެ ދުވަހުގެ ޚާއްސަ އައްޑަނަ ރައީސު މައުމޫނަށް އެރުވުނީ އެހެން ވެގެންނެވެ .
05 Nov 2025
ބިސްބޯވ
ދެން ތިޔަ ފޮށުން އަމާޒު ވާނީ ޑީޑީ އަށް..... އެހެން ނުވެއްޖެ ނަމަ މިގައުމުން މ.ޑ.ޕ ގެ ފަނާ ކުރަނިވި ފިކުރު ފިލައިގެން އެދިޔައީ......
06 Nov 2025
ޙައްވަ އިސްމާޢީލް
އައްސަރިބަހާާއިސާބަސް
08 Nov 2025
ގުޅޭ ލިޔުންތައް
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ