ތައުލީމީ ދާއިރާގެ ބައެއް މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Nov 2025 | 10:21
އިއްޔެ އެކަނިވެސް ތައުލީމީ ދާއިރާއަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ

އިއްޔެ އެކަނިވެސް ތައުލީމީ ދައިރާގެ ކުރިއެރުމަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ނިންމައި ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ތައުލީމީ ދައިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން އިއްޔެ ވަނީ ސްކޫލް އިމާރާތްތައް، ހޯލްތައް، ލެބޯޓަރީތައް، މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުނިތަކާއެކު އެއްބަސްވުންތައް ގާއިމްކޮށް މަސައްކަތްތައް ހަވާލުކޮށްފައެވެ.

އެގޮތުން "ކޫލް ސްކޫލް" އެއަރ-ކޮންޑިޝަނިންގ ގެ 26 މަޝްރޫއުއަށް 397.25 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރެވިގެންދާނެއެވެ. ކްލާސްރޫމްތައް ހޫނު ގަދަވުމުގެ މައްސަލައަކީ ދަރިވަރުންގެ ފަރާތުން ހުށަހެޅޭ ވަރަށްބޮޑު ޝަކުވާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދަރިވަރުންގެ އެ ކަންބޮޑުވުން ހައްލުކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ ކުރިން ބައެއް ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނު ގަދަވުން ފަދަ މައްސަލަތައް ދިމާވާތީވެ، ކްލާސްރޫމްތައް އޭސީކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ހުރީ ބެލެނިވެރިން އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

އިއްޔެ އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރެއިން މަތީ ތަޢުލީމު، އަދި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް، ހޮވާލެވިފައިވާ އަތޮޅުތަކުގައި ދަރިވަރުން ތިބޭނެ ތަންތަނާއެކު ޔުނިވަރސިޓީ ކެމްޕަސްތައް ގާއިމްކުރުމަށް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެފަދަ 5 މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާއިރު އޭގެ ޖުމްލަ އަގު 114.52 މިލިއަން ރުފިޔާއަށް އަރައެވެ. ހަމަ އެއާއިއެކު، ޒުވާނުން ބާރުވެރިކުރުވުން، މަޢުލޫމާތު އަދި ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ ބައިވެރިވުމާއި ހުނަރުތަކަށް ހަތަރު ސިޓީގައި "ތާޑް ސްޕޭސަސް" ހިމެނޭ މަޝްރޫޢުއަކަށް 40.00 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް އިއްޔެ އެކަނި ހަވާލުކުރި މަޝްރުޢުތަކުގެ ޖުމްލަ އަދަދު 31 ހަށް އަރާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.