ޗައިނާއިން ހިދުމަތަށް ނެރުނު މަނަވަރު
ދުނިޔެ
07 Nov 2025 | 21:38
ހަނގުރާމަމަތީ މަތިންދާބޯޓު އުފުލަން ޗައިނާއިން ތައްޔާރުކުރި ބޮޑު މަނަވަރު ހިދުމަތަށް ނެރެފި

ހަނގުރާމަމަތީ މަތިންދާބޯޓު އުފުލުމަށް ޗައިނާއިން މިހާތަނަށް ތައްޔާރުކުރި އެންމެބޮޑުމަނަވަރު "ފުޖިއާން" ރަސްމީކޮށް ހިދުމަތަށް ނެރެފިއެވެ.

ޗައިނާއިން މި މަނަވަރު ހިދުމަތަށް ނެރެފައިވަނީ ހައިނާންގެ ސަންޔާ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޝީޖިންޕީގެ އިތުރުން ވެރިން ބައިވެރިވިއެވެ. ފުޖިއާން މި މަނަވަރަކީ ޗައިނާގެ ނޭވީގެ ގާބިލްކަން އިތުރުކުރުމަށް ރައީސް ޝީޖިންޕިން ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ޕްރޮޖެކްޓެވެ. 

ފުޖިއާން މި މަނަވަރަކީ އެމެރިކާއިން ގެންގުޅޭ ޔޫއެސްއެސް ގެރަލްޑް އާރް ފޯޑާ އެއްހަމައެއްގައި ހިފަހައްޓާލުމުގެ ގާބިލުކަން ލިބިގެންވާ މަނަވަރެއްކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. އެގޮތުން ފުޖިއާން މި މަނަވަރުގައިވެސް މަތިންދާބޯޓު އުދުއްސާލުމުގައި އެމެރިކާއިން ގެންގުޅޭ އެންމެފަހުގެ ޓެކްނޮލޮޖީ ހިމަނާފައިވާކަމަށް ސަރުކާރު މީޑިއާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި މަނަވަރުގައި އެންޓިޝިޕް މިސައިލް ސިސްޓަމެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ފުޖިއާން

ފުޖިއާންއަކީ 1،036 ފޫޓު ދިގު، 249 ފޫޓު ފުޅާ މަނަވަރެކެވެ. މި މަނަވަރުގައި އެއްފަހަރާ 50 ހަށްވުރެ ގިނަ މަތިންދާބޯޓު އުފުލޭއިރު، ފުލް ލޯޑުގައި 85 ހާސް ޓަނު އުފުލެއެވެ. 

ޗައިނާއިން މި މަނަވަރު ބަނުމުގެ މަސައްކަތް ފަށާފައުވަނީ 2022 ވަނަ އަހަރެވެ. މަނަވަރު ބަނުމުގެ މަސައްކަތް ނިންމައި އެންމެ ފުރަތަމަ ޓެސްޓްދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޓެސްޓްކުރުމުގެ ގޮތުން 8 ދަތުރުކޮށްފައިވާއިރު، ދަތުރުތައް ނިންމައި މަނަވަރު ސަންޔާއަށް އައިސްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ފުޖިއާންއަކީ ޗައިނާގެ އަސްކަރިއްޔާއިން ހިދުމަތަށް ނެރުނު މިފަދަ ތިންވަނަ މަނަވަރެވެ. ޗައިނާއިން ބޮޑު މަނަވަރެއް ހިދުމަތަށް ނެރެފައިމިވަނީ ޗައިނާ/ޓައިވާން މަޝްރަހް ވަރަށް ގޯސްވެފައިވާ ދުަވސްވަރެއްގައެވެ. މީގެ އިތުރުން ޗައިނާ އާއި އެމެރިކާ އާ ދެމެދު އަސްކަރީގޮތުންވެސް މި ފަހަކަށް އައިސް ވާދަވެރިކަން ބޮޑުވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް