ޕީއެންސީން މިއަދު ފެށި ހަރަކާތުގެ ތެރެއިން -- ވޮއިސް ފޮޓޯ
ހަބަރު
08 Nov 2025 | 11:17
ބޮޑު އެއްވުމަށް ދަޢުވަތު ދިނުމަށް ޕީއެންސީން ޚާއްސަ ހަރަކާތެއް ފަށައިފި

މި މަހުގެ 14 ވަނަ ދުވަހު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހަރަކާތަށް އާންމުންނަށް ދަޢުވަތު ދިނުމުގެ ގޮތުން، ޚާއްސަ ހަރަކާތެއް މިއަދު އެ ޕާޓީން ފަށައިފިއެވެ.

ޕީއެންސީ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި އެ ހަރަކާތުގައި މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، މި ވެރިކަމަށް ދެ އަހަރު ވީއިރު ވެސް ޕީއެންސީން ބޮޑު އެއްވުމެއް ބާއްވައިފައިނުވާ ކަމަށާއި، ބޭއްވި އެއްވުމެއް ބާއްވައިފައިވަނީ ހަރުގޭގައި ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެ ޕާޓީ އަށާއި މި ސަރުކާރަށް ތާއީދުކުރާ އެކި ފަރާތްތަކުން ބޮޑު އެއްވުމެއް ނުވަތަ ހަރަކާތެއް ބޭއްވުމަށް އެދެމުންދާ ކަމަށާއި، އެ ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނަށް ޝުކުރުއަދާކުރައްވާނެ ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ވަރަށް ގިނަ ތަރައްގީގެ ކަންތައްތައް، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފި، މީހުން ދިރިއުޅުއްވާ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވަރަށް ގިނަ ކަންކަން ކުރައްވައިފިި. އެހެންވީމާ އަޅުގަނޑުމެން ރައްޔިތުން ބޭނުންވޭ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑުމެން އެއްތަނަކުން ބައްދަލުވެ، ރައީސަށް ޚާއްސަ ޝުކުރެއް އަޅުގަނޑުމެން ފަރާތުން ދަންނަވާލަން. 

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް

ފަލާޙް ވިދާޅުވީ އެ ޚާއްސަ ޖަލްސާއަށް ރަށްރަށުން ވަރަށް ގިނަ ޢާންމުން ބައިވެރިވާނެ ކަމަށާއި، އެ ޖަލްސާގެ މައިގަނޑު ބޭނުމަކީ ރައީސާއި ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ޕީއެންސީގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން ކަމަށެވެ.

އެހެންކަމުން މިއަދު ބޭއްވި ހަރަކާތަކީ އެ ހަރަކާތަށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދައުވަތު ދިނުން ފެށުމަށްޓަކައި ބޭއްވޭ ހަރަކާތެއް ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.