ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކެއް..
ހަބަރު
10 Nov 2025 | 11:05
ބޭރުގައި ޑެބިޓު ކާޑުން ކެޑޭ ލިމިޓް ތިން ހާސް ޑޮލަރަށް ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކުރެވޭ މިންވަރަށް ބަދަލުތަކެއް ގެނެސް، ދަތުރުފަތުރުގެ އަދި ސިއްހީ ބޭނުންތަކަށް ކެޑޭ ލިމިޓް މަހަކު 3،000 ޑޮލަރަށް ބޮޑުކޮށްފިއެވެ.

މާދަމާއިން ފެށިގެން ޢަމަލުކުރާ އެ ބޭންކުގެ އައު އުސޫލުގެ ދަށުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގައި ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް 1،000 އެމެރިކާ ޑޮލަރު ހަރަދުކުރެވޭނެއެވެ.

އަދި ދަތުރުފަތުރުގެ އަދި ސިއްހީ ބޭނުންތަކަށް ހާއްސަކޮށް، މި ލިމިޓް މަހަކު 3،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވީ ނަމަވެސް، ބޭރުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ މިންވަރު މަހެއްގެ މައްޗަށް 125 އެމެރިކާ ޑޮލަރަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި ލިމިޓްތައް ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު އަމިއްލައަށް ރީސެޓްވާނެ ކަމަށް ބީއެމްއެމްއެލްއިން ބުނެއެވެ. އަދި ވިޔަފާރީގެ ޑެބިޓް ކާޑުތަކަށާއި، ބޭރުގައި ދިރިއުޅޭ ދިވެހިންގެ ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކަށް ވެސް ޕީއޯއެސް މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް 1،000 ޑޮލަރުގެ ލިމިޓް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ހާއްސަ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ބޭރުގައި ކިޔަވަމުންދާ ނުވަތަ އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް މިހާރު ވެސް ލިބޭ މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓް ދެމިއޮންނާނެއެވެ.

އަދި ދަރިވަރުންގެ ކާޑުތަކުން އޭޓީއެމް ނެގުމުގެ އަދަދުތަކަށާއި ފީތަކަށް ބަދަލެއް ނާންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި 1،200 ޑޮލަރުގެ ލިމިޓަށް އެދޭ ފަރާތްތަކުން ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެކަން ވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ބޭރުގައި ކުރާ ހަރަދުތައް ރާވާލުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުތަކަކީ ބޭރުގެ މުޢާމަލާތްތަކާ ގުޅޭ އުސޫލުތައް ބޭންކުން އަބަދުވެސް މުރާޖަޢާކުރަމުންދާ ގޮތުގެ ތެރެއިން ގެނެވުނު ބަދަލުތަކެއް ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.