ކަރެކްޝަނުގެ އާ ހެޑްކުއާޓަރު ހުޅުވުން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Nov 2025 | 16:24
ކަރެކްޝަނަލް ސާވިސްގެ އާ ހެޑްކުއާޓަރު ރައީސް ހުޅުވައިދެއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އާ ހެޑްކުއާޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވުން އޮތީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާން، އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ހިމެނިގެން ދިދަބިސީގައި ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމް.ސީ.އެސްގެ ދިދަ ނަންގަވާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކަރެކްޝަނުގެ އާ ހެޑްކުއާޓަރު ... ފޮޓޯ: ރައީސް އޮފީސް

ހެޑްކުއާޓަު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ވިދާޅުވީ، ކުރިއާ ހިލާފަށް އަދުގެ ސަރުކާރުން ޖަލުތަކުގެ އިންސާނީ ވަސީލަތްތައް ގާއިމްކުރުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. އެގޮތުން މީގެ ކުރިން ޖަލުގެ ގައިދީން އުފުލުމަށް އެމްބިއުލާންސެއް ނޯންނާއިރު، ކަރެކްޝަނަށް އެމްބިއުލާންސް ހޯދުމުގެ ކަންކަން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަރެކްޝަނުގެ އާ ހެޑްކުއާޓަރު ... ފޮޓޯ: ރައީސް އޮފީސް

ކަރެކްޝަނުގެ މި ހެޑްކުއާޓަރަކީ ފުރަތަމަ ފަހަރަށް އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ތަރައްޤީކުރި ފުރަތަމަ ހެޑްކުއާޓަރެވެ.  އެމްސީއެސްގެ ހެޑް ކުއާޓަރު 2 ފަންގިފިލާގެ މައްޗަށް އެކުލެވޭއިރު މިއީ 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތުގެ މަސައްކަތް ނިންމާފައިވަނީ އަމަލީ މަސައްކަތް ފެށިތާ 16 މަސްދުވަހުގެ ތެރޭގައެވެ. މި ހެޑްކުއަރޓަރުގައި 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނޭކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ