މަދަހައިގެ ޕޯސްޓަރެއް --
ދީން
11 Nov 2025 | 18:58
އިސްލާމިކް ރިދަމް އިން މި ފަހަރު ގެނެސްދެނީ "އޮއްސުމުން"

އިބްރަތްތެރި އަދި އެހާމެ ޝައުގުވެރި މަދަހަތަކެއް ގެނެސްދީފައިވާ އިސްލާމިކް ރިދަމް އިން އައު މަދަހައެއް ރިލީޒުކުރަން ތަައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ މަދަހައިގެ ނަމަކީ "އޮއްސުމުން" އެވެ. 

"ދިއްލާލި ހަނދު ބިގަރެއްބާ, ވިހުރާލި ތަރި އުދަރެހުގައި" މިފަދަައިން ފެށިގެން އަންނަ މި މަދަހަ ކިޔާދީފައިވަނީ ހިތްގައިމު ރީތި މަދަހަތަކެއް ކިޔައިދީފައިވާ މޫސާ ޝިފާއު އެވެ. މަދަހައިގެ ޅެން ތައްޔާރުކޮށްފައިވަނީ މި ފަހުން ރީތި އެތައް މަދަހަތަކެއްގެ ޅެން ތައްޔާރުކޮށްދިން އަހްމަދު ރިފާއު އެވެ.

މަދަހަ ރިލީޒިންގެ ކުރީން މަދަހައާ ގުޅޭ ގިނަ މައުލޫމާތުތަކެއް އިސްލާމިކް ރިދަމް އިން އާންމުކުރި ވީޑިއޯއެއްގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި ޝިފާއުއާ ރިފާއު ވަނީ މަދަހައާ ގުޅޭ ވާހަކަތައް ހިއްސާކޮށްފަ އެވެ.

މަދަހައިގެ މައުލޫމާތު ހިއްސާކުރަނީ 

ރިފާއު ބުނި ގޮތުގައި މިއީ ގުދުރަތްތެރިކަމުގެ ރީތި މަންޒަރުތަކާއި ގުޅޭގޮތުން ޚިޔާލުކޮށް ފިކުރު ހިންގުމުން ހަޔާތަށް ގެނެވޭ ހެޔޮ ބަދަލުތަކެއްގެ ވާހަކަ ކިޔައިދޭ އިބްރަތްތެރި މަދަހައެއް ކަމަށެވެ. މިއީ ޒުވާނަކަށް ކީރިތި ޤުރުއާންގެ އާޔަތަކާމެދު ކުރެވޭ ފިކުރުން އުފަންކުރުވި ހިޔާލެކެވެ. އެ އާޔަތާމެދު ވިސްނާ ފިކުރުކުރުމުން ދީނަށް އޭނާގެ ހިތް ހުޅުވިގެންދެ އެވެ. މާތްﷲގެ އެއްކައުވަންތަ ކަމާމެދު ވިސްނާ ފިކުރުމުން ހަޔާތަށް ގެނެވޭ ހެޔޮ ބަދަލު ކިޔައިދެ އެވެ.

ޝިފާއު އާއި ރިފާއު ފާހަގަކުރި ގޮތުގައި މިއީ މުޖްތަމައުއަށް ހެޔޮ ނަސޭހަތާއި މުހިންމު މެސެޖުތަކެއް ދޭނެ މަދަހައަކަށް ވާނެ އެވެ. 

އިސްލާމިކް ރިދަމް 

ރިފާއު ބުނި ގޮތުގައި އިބްރަތްތެރި އަދި އެހާމެ ޝައުގުވެރި މަދަހަތަކެއް ގެނެސްދީފައިވާ އިސްލާމިކް ރިދަމް އިން ގެނެސްދޭ މިފަދަ ކޮންމެ އުފެއްދުމަކީ އިސްލާމިކް ކޮންސެޕްޓެއްގައި ގެނެސްދޭ އުފެއްދުމެކެވެ.

ޚާއްސަކޮށް މި މަދަހައިން ބޭކާރު ކަންކަމުން ދުރުކޮށް މާތްﷲ ގެ މަތީން ހަނދުމަކޮށްދޭނެ އެވެ. 

"ފިކުރު ހިންގުން ވަރަށް މުހިންމު. ހަނދާއި އިރާ ތަރިތަކާއި ގަސްގަހާ ގެއްސާއި މެއްސާއި ރެއްސާ މިހުރިހާ ވާހަކައެއް ވެސް މީގަ އަންނާނެ. އެހެންވީމަ ފިކުރުކުރާށޭ. އޭރުން މާތްﷲ މައުރިފާ ވާނެ," މި ފަހަރުގެ މަދަހައާ ގުޅޭގޮތުން ރިފާއު ބުންޏެވެ.

މި މަދަހައިގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ އޯކޭޒް އިންކުންނެވެ. މަދަަހައިގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.