މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސް ބޭފުޅުން --
ހަބަރު
11 Nov 2025 | 23:18
އީ-ވިޒާއާއި އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން މަރުހަބާ ކިޔައިފި

އީ-ވިޒާއާއި އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެކަމަށް މަރުހަބާ ކިޔައިފި އެެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ މޯލްޑިވްސް 2.0 ޤައުމީ ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއެކު އީ-ވިޒާގެ ހިދުމަތްތައް ތަޢާރަފުކުރުމާއި ބިދޭސީ މަސައްކަތްތެރީންގެ މައުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗް ކުރުމަކީ މި އިންޑަސްޓްރީގެ މަސައްކަތްތަކަށާއި ހިންގުމުގެ ދާއިރާ އާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ.

އެހެން ކަމުން މި ޚިދުމަތްތައް ތަޢާރަފު ކުރެއްވުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ އެސޯސިއޭޝަންގެ މެންބަރުންނާއި ހިންގާ ކޮމެޓީގެ މެންބަރުންގެ ނަމުގައި ތަޙްނިޔާ ދަންނަވައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި ބިދޭސީންގެ މައުލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކޭޝަނާއި އީ-ވިޒާގެ ނިޒާމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގާއިމަކަށް ނުހަނު ބޭނުންތެރރި އަދި ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތަކެކެވެ,"

ބިދޭސީ މަސައްކަތްތެރީން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ދެއްވާ ސަމާލުކަމާއި ކޮންޓްރޯކާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހް އާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަަސައްކަތްތަކާއި ކަމާބެހޭ މުވައްޒިފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެ އެސޯސިއޭޝަނުން ފާހަގަކުރަނީ މި މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުމުގެ ޔަޤީން ކަމާއެކު ކަމަށް ބުނެފައިވެ އެވެ.

އެ އެސޯސިއޭޝަނުން އުންމީދުކުރަނީ އިމިގްރޭޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބިދޭސީން ފިލުމާއި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބުމާއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް ހިންގުން ފަސޭހަވެ މަސައްކަތަކަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ