މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން -- ފޮޓޯ/ ވޮއިސް
ހަބަރު
12 Nov 2025 | 11:30
ޗައިނާ ސަރުކާރުންދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ ސަރުކާރުން ދިނުމަށް ނިންމާފައިވާ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ. 

ޗައިނާ އެމްބަސީން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު، އެމްބަސީން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ފެބުރުއަރީމަހުގެ 10 ވަނަ ދުވަސް ކަމަށެވެ.

އެމްބަސީގެ ވެބްސައިޓްގައި ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުރިހާ އެޕްލިކާޝަންއެއް ވެސް ބަލައިގަންނާނީ އޮންލައިންކޮށްކަމަށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން "ސްޓަޑީ އިން ޗައިނާ" ވެބްސައިޓަށް ޒިޔާރަތްކޮށް، "ސްކޮލަރޝިޕް އެޕްލިކޭޝަން ފޮރ ސްޓޫޑެންޓްސް" އަށް ވަދެ، އޮންލައިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ފޯމް ހުށަހަޅާއިރު ސައްހަ ލިޔުންތައް ފޮނުވުމަށް އެމްބަސީންވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ދެ އަހަރަށް ޗައިނާގެ އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން "ޗައިނާ ސްކޮލަސްޓިކް ކޮމްޕެޓެންސީ އެސެސްމަންޓް" (ސީއެސްސީއޭ) ހަދާ، އެ އެސެސްމެންޓުގެ ޞައްޙަ  ނަތީޖާ ރިޕޯޓެއް ހުށަހަޅަންޖެހެއެވެ.

އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރުމަހުގެ 21 ނުވަތަ އަންނަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހު ބާއްވާ ސީއެސްސީއޭ ޓެސްޓުތަކަށް ރަޖިސްޓަރީ ކުރަންޖެހެއެވެ. މިއީ ޔުނިވަރސިޓީ އެޑްމިޝަން ރިވިއުއަށް ކޮންމެހެން ބޭނުންވާ ލިޔުމެއްކަމަށް ޗައިނާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ. 

މިކަމާއި ގުޅޭ އިތުރު މައުލޫމާތުތައް www.csca.cn އަށް ވަނުމުން ނުވަތަ އެންބަސީ ނަންބަރު 4622 އަށް ގުޅައިގެން ސާފުކުރެވޭނޭކަމަށް އެމްބަސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ