ފުވައްމުލައް ސިޓީ ކައުންސިލް... ފޮޓޯ: ފުވައްމުލައް ކައުންސިލް
ހަބަރު
12 Nov 2025 | 13:45
ފެނުގެ މައްސަލާގައި ފުވައްމުލައްސިޓީ ކައުންސިލުން ސަޕޯޓް ޑެސްކެއް ގާއިމްކޮށްފި

ފުވައްމުލައްސިޓީ ފެނުގެ ނިޒާމަށް ކުރިމަތިވި މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން ސަޕޯޓް ޑެސްކެއް މިއަދު ގާއިމްކޮށްފިއެވެ.

މިދިޔަ އާދިއްތަދުވަހު ފުވައްމުލައް ސިޓީ ފެނުގެ ނިޒާމު ތަގައްޔަރުވެ ފެނަކައިން ވަނީ ފެން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބުނީ ފެނުގެ މައްސަލައާ ގުޅިގެން ރައްޔިތުންނަށް ފަސޭހައަކަށް ސަޕޯޓް ޑެސްކެއް ގާއިމްކޮށްފައިވާކަމަށެވެ. އެގޮތުން ސާފްބޯފެން ލިބުމުގައި އެއްވެސްކަހަލަ މައްސަލައެއް އުޅޭނަމަ 6862875 ނުވަތަ 6862816 އަށް ނަމްބަރަށް ގުޅުމުން ކައުންސިލުން އެކަމެއް ހައްލުކޮށްދޭނޭކަމަށް ކައުންސިލުން ބުނެއެވެ.

ފުވައްމުލަކް ފެނުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއާ ވާހަކަަދއްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވެފައިވަނީ ފެން ތަގައްޔަރުވުމުގެ މައްސަލަ މިހާރު ހައްލުކޮށް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ފެން ލީކްވުން ހުއްޓުވުމުގެ މައްސަލަކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތް ކުރިއަށްދާގޮތުން މިއަދު އިރުއޮއްސުމާ ހަމަޔަށް ފެނުގެ ހިދުމަތް އަލުން ދޭން ފަށާނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީއަށް ފެން ކެނޑުމުގެ މައްސަލަ ދިމާވުމާއެކު، ހަމަ އެދުވަހު ސަރުކާރުން ވަނީ ކަނޑާއި ވައިގެ މަގުން ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން މެދުވެރިކޮށް ފަށާފައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންދިޔަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިފަހުން ވަނީ 1200 ކޭސް ފެން އެ ރަށަށް ގެންގޮސްފައެވެ.

ފުވައްމުލައް ސިޓީން ފެނުގެ ހިދުމަތް އިއްޔެ މެދުކަނޑާލަން ޖެހުނީ އެ ސިޓީގެ ފެނުގެ ނެޓްވޯކަށް ބައެއް ފަރާތްތަކުން ކްރޮސް ކަނެކްޝަން ހަދާފައިވުމުން، ސަޕްލައި ފެން ތަޣައްޔަރުވެ، ބޭނުން ކުރުން ރައްކާތެރި ނޫން ހާލަތްތަށް ދިޔުމުންނެވެ.

ފުވައްމުލައް ނަރުދަމާގެ މައްސަލަ މީގެ ކުރިން ބޮޑު މައްސަލައެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. މިކަން މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށީގެން އޮތްއިރު އެކަމަށް މާބޮޑު އަޅާލުމެއް ދީފައިނުވާަކަމަށް ފުވައްމުލައްސިޓީގެ ބައެއް ރައްޔިތުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ