އަލަށް އުފަންވި ކުއްޖަކު ކެއާ ޔުނިޓްގައި.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
13 Nov 2025 | 08:20
އައިވީއެފް ހެދުމަށް އަހަރުގެ މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ހަރަދުގައި އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާގެ ހިދުމަތްތަކަށް އަހަރުގެ މިހާތަނަށް 7.13 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް އައިވީއެފް ހެދުމަށް ކުރި ހޭދަ ވަނީ އިތުރުވެފައެވެ. އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އެންމެފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ 16 ވަނަ ދުވަހުއެވެ.

އެންސްޕާއިން ބުނީ ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން މިދިޔަ އަހަރު 4.78 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށެވެ. މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް އެ ފެންޑުން 7.13 މިލިއަން ރުފިޔާ ހޭދަކުރެވުނުއިރު 93 މީހަކަށް ވަނީ ފަރުވާ ހޯދުމަށް އެހީތެރިކަންދީފައެވެ. މީގެ ތެރެއިން ފަރުވާ ކާމިޔާބުވީ 23 ފަރާތެއްގެ ކަން އެންސްޕާއިން ބުންޏެވެ.

އެންމެ ފުރަތަމަ އައިވީއެފް ފަރުވާގެ އެހީއަށް އެދުނު 215 ދެމަފިރިންގެ ތެރެއިން ޝަރުތު ހަމަވީ 63 ދެމަފިރިންނެވެ. 

އައިޔޫއައި އަށް އެދޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:

- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވުން.

- ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން، ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި ތިން އަހަރު ދަރިމައުވުމަށް ނުކުޅެދިފައިވުން. އަދި ދަރިމައުވުމުގެ އެހެނިހެން ފަރުވާ ކާމިޔާބު ނުވެ، ރިޕްރޮޑަކްޓިވް ޕެތޮލޮޖީ އިން އައިޔޫއައި އަކީ އެފަރާތްތަކަށް އެންމެ އެދެވިގެންދާ ފަރުވާ ކަމަށް ކަމާއި ގުޅޭ ސްޕޭޝަލިސްޓެއް ލަފާ ދީފައިވުން.

- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން.

- ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން.

- އައިޔޫއައިގެ ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން.

- އެހީއަށް އެދޭއިރު، އެހީއަށް އެދޭ އަނބިމީހާގެ "ބޮޑީ މާސް އިންޑެކްސް" (ބީއެމްއައި) 19 އާއި 30 އާއި ދެމެދު ހުރުން.

- އެހީއަށް އެދުމުގެ 6 މަސް ކުރިން ފަރުވާ ހޯދާ ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން.

- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެެސް ފަރާތަކީ، ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

އައިވީއެފް އަށް އެދޭ މީހާގެ ހުންނަން ޖެހެ ޝަރުތުތައް:

- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވުން

- ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން، ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި ތިން އަހަރު ދަރިމައިވުމަށް ނުކުޅެދިފައިވުން. އަދި ދަރިމއިވުމުގެ އެހެނިހެން ފަރުވާ ކާމިޔާބު ނުވެ، ރިޕްރޮޑަކްޓިވް ފެތޮލޮޖީ އިން "އައިވީއެފް" އަކީ އެފަރާތަށް އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާއި ގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުން.

- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން.

- ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން.

- އައިވީއެފްގެ ފަރުވާ ފަށާއިރު، އަނބިމީހާގެ އުމުރުން 30 އަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތެއްގެ ސަބަބުން އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާނަމަ، އަދި މި މާއްދާގެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ، އެފަދަ ފަރާތަކަށް މިއުސޫލުގެ ދަށުން އައިވީއެފްގެ ފަރުވާ އަށް އެހީ ފޯރުކޮށްދިނުމަށް ހުރަހެއް ނެތް.

- އެހީއަށް އެދޭއިރު، އެހީއަށް އެދޭއިރު، އެހީއަށް އެދޭ އަނބިމީހާގެ "ބޮޑީ މާސް އިންޑެކްސް" (ބީއެމްއައި) 19 އާއި 30 ދެމެދު ހުރުން.

- އެހީއަށް އެދުމުގެ 6 މަސް ކުރިން ފަރުވާ ހޯދާ ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން.

- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތަކީ، ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

- ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އަނބިމީހާގެ "އެންޓި މުލޭރިއަން ހޯމޯން" 0.8 nmol/1 އަށްވުރެ ދަށަށް ގޮސްފައިނުވުން. އަދި މައްސަރު ކަންތައް ފެށިގެން ދެވަނަ ދުވަހާއި ފަސް ވަނަ ދުވަހާ ދެމެދު "ފޮލިކަލް ސްޓިމިއުލޭޓިން ހޯމޯން" ގެ މިންވަރު 10iu/L އަށްވުރެ މަތި ނުވުން.

- މީގެ ކުރިން ސްކީމް މެދުވެރިކޮށް "އައިވީއެފްގެ އެހީ ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އަމިއްލަ ހަރަދުގައި "އައިވީއެފްގެ 3 ބުރު ފުރިހަމަ ކޮށްފައި ނުވުން.

އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ސްކީމުގެ ދަށުން އައިވީއެފް ހެދުމަށް ކޮންމެ އަހަރަކު ވަކި ބަޖެޓެއް ކަނޑައަޅަންޖެހެއެވެ. އަދި އެހީ ފޯރުކޮށްދޭނީ އެއަދަދަށް، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ. ޕޮއިންޓް ދޭއިރު، ދެމަފިރިންގެ ކައިވެނީގެ މުއްދަތާއި އުމުރާއި ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ދަރިއެއް ދުނިޔޭގައި ނެތުމާއި ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތަށް ވެސް ބަލައެވެ. ސްކީމުގެ ދަށުން އައިވީއެފް ފަރުވާ ހަދާ ދެމަފިރިންނަށް ބޭސްފަރުވާގެ އިތުރުން ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމަށް ކަނޑައެޅޭ މިންވަރަކަށް އެހީ ދޭނެ އެވެ.

އައިވީއެފަށް އާސަންދަ ހަމަޖެހޭކަން، އެކަމަށް އެދި ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އަންގައި ތިން މަސް ދުވަހުގެ ތެރޭގައި ފަރުވާ ފަށަންޖެހޭނެ އެވެ. އެހެން ނޫނީ އެހީ ބާތިލްވާނެ އެވެ. އަދި އައިވީއެފް ފުރިހަމަކުރުމަށް އާސަންދަ ހަމަޖައްސައިދޭނީ ތިން ބުރަށް، ގިނަވެގެން ދެ އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގެ ފަހުން ހިނގާ ހަރަދަށް އެ ސްކީމުން އެހީއެއް ހަމަޖައްސައިނުދޭނެއެވެ.

"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައެޅިގެންދިޔަ މުހިންމު ވައުދެކެވެ. އަދި "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.