މިރޭ ދަރުސް ދެއްވާނީ ޑރ. އާދަމް ޝަމީމް --
ހަބަރު
13 Nov 2025 | 14:01
މަންފާގެ ބޮޑު ދަރުހެއް މިރޭ, ދަރުސް ދެއްވާނީ ޑރ. ޝަމީމް

ދިވެހީންގެ މެދުގައި މިހާރު އެންމެ މަގުބޫލް ޖަމިއްޔާ "މަންފާ" އިން މިރޭ ވަރަށް ޚާއްސަ ދަރުހެއް ބާއްވަން ނިންމައިފި އެވެ.

މިރޭ 9:00 ގައި މި ދަރުސް އޮންނާނީ އާޓިފިޝަލް ބީޗް ގަ އެވެ. ދަރުސް ދެއްވާނީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލް ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް އެވެ.

ދަރުސްގެ މައުލޫ އަކީ "ފިތުނަ" އެވެ.

މަަންފާ ޖަމިއްޔާގެ ރައީސް އަލްއަޚް އަލީ ރަމީޒު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ ދެވަނަ ބޮޑު ދަރުހަަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް ވެސް އެދިފައިވެ އެވެ.

ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދާ މިރޭގެ މި ދަރުސްގައި ރާއްޖޭގެ ބައެއް އިލްމުވެރީން ވެސް ބައިވެރިވާނެ އެވެ.

މާލެ ސިޓީ ކައުންްސިލާއި ބައެއް ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މަންފާ އިން މި ދަރުސް އިންތިޒާރު ކުރާއިރު އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އަލީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިރޭގެ ދަރުސް އެސްއެސްޓީވީން ވަގުތުން ދައްކާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.