އިސްލާމްއާބާދުގައި ހުންނަ ޖެނެރަލް އެސެމްބްލީ... ފޮޓޯ: އޭޕީ
ދުނިޔެ
13 Nov 2025 | 16:14
ޕާކިސްތާން: އަސްކަރިއްޔާއަށް ބާރުތަކެއް ދީ، ކޯޓުތަކުން ބާރުތަކެއް ނަގައިފި

ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާއަށް އިތުރު ބާރުތަކެއް ދީ، ސުޕްރީމް ކޯޓުގެ ބާރުތަކެއް ހަނިކުރާ އިސްލާހެއް އެގައުމުގެ ޤާނޫނު އަސާސީއަށް ގެނެއްސިއެވެ.

ޑިމޮކްރަސީއަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ޑިކޮމްރަސީގައި ޕާކިސްތާނުން ފަހަތަށް އެޅި ފިޔަވަޅެކެވެ. އަދި ޒަމާންތަކަކަށް ދިގުދެމިގެންދާނެ ގެއްލުންތަކެއް މީގެ ސަބަބުން ލިބޭނެއެވެ. ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެއިން މި ހަފްތާގެ ކުރީކޮޅު މި އިސްލާހު ފާސްކޮށްފައިވާއިރު، ގާނޫނު އަސާސީއަށް ގެނައި އިސްލާހު މަޖިލީހުގެ ތިރީގެއިން އިއްޔެ ވަނީ ފާސްކޮށްފައެވެ. ތިރީގެއިން މި އިސްލާހް ފާސްކުރުމަށް ތިން ބައިކުޅަ ދެ ބައި ވޯޓު ލިބުނެވެ. އިސްލާހާއި ދެކޮޅަށް ވޯޓު ދިނީ އެންމެ 4 މެމްބަރުންނެވެ. އާއްމު އުސޫލެއްގެ ގޮތުން ގާނޫނު އަސާސީ އިސްލާހްކުރުމަކީ މަސްތަކެއް ނަގާ، ބޮޑެތި ބަހުސްތަކެއް ހިނގާ ކަމެއްނަމަވެސް، މިފަހަރުގެ އިސްލާހު ފާސްކުރުން ދިޔައީ ވަރަށް ހަލުވިކޮށެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، އާމީގެ ވެރިޔާ ބަދަލުވެގެންދާނީ ޗީފް އޮފް ޑިފެންސް ފޯސަސް އަށެވެ. މިއީ އަލަށް އުފައްދާ މަގާމެކެވެ. އަދި އާ އިސްލާޙާއެކު އުމުރު ދުވަހަށް އަސްކަރީ ރޭންކް އޮވެ، ރިޓަޔަރ ކުރިޔަސް އަސްކަރިއްޔާގައި ކުރި ކަމަކަށް އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލޭނެއެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާޙާއެކު ޕާކިސްތާނުގައި ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފެދިގެންދާނެއެވެ. ސުޕްރީމްކޯޓުން މީގެ ކުރިން ބަލަމުން އައި ދުސްތޫރީ މައްސަލަތައް ދެން ބަލާނީ، އަލަށް އުފެދޭ ދުސްތޫރީ ކޯޓުންނެވެ. މި ކޯޓުގައި ތިބޭނީ ސަރުކާރުން އައްޔަންކުރާ ފަނޑިޔާރުންނެވެ. މީގެ ކުރީގައި ޕާކިސްތާނުގެ ސަރުކާރުން ނުވަތަ އަސްކަރިއްޔާއިން ގާނޫނު އަސާސީއާއި ޚިލާފަށް ކުރާ ބައެއް ކަންކަން ސުޕްރީމް ކޯޓުން ހުއްޓުވާފައި އެބަހުއްޓެވެ. އެހެންނަމަވެސް އެމަގު ދެން ބަންދުވީއެވެ.

މި އިސްލާހުތަކާއި ދެކޮޅަށް އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ތެހެރިކޭ އިންސާފް ޕާޓީއިން އިހްތިޖާޖުކޮށް، މަޖިލީސް ދޫކޮށްވެސް ނިކުތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.