ސައުދީ ސަފީރު މީޑިއާތަކާ ބައްދަލުކުރެއްވުން...
ހަބަރު
13 Nov 2025 | 22:53
ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު، ބައެއް މީޑިއާތަކާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ސައުދީ އަރަބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލްޤަހްތާނީ ބައެއް މީޑިއާތަކުގެ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގާތް ބަދަހި ގުޅުމުގެ ތެރެއިން މިހާރު ކުރަމުން އަންނަ ބައެއް ކަންކަމާއި، ހާސިލްވި ކަންކަމާ ބެހޭގޮތުން ވަނީ މީޑިއާގެ ފަރާތްތަކަށް މައުލޫމާތުދީފައެވެ.

އެގޮތުން ހައްޖާއި އުމްރާގެ ކަންކަމުގައި ސައުދީން އެކަށައަޅާފައިވާ 2030 ގެ ތަސައްވުރުގައި ހޯދިފައިވާ ކާމިޔާބީތަކާބެހޭ ގޮތުން ވަނީ ވާހަކަތައް ހިއްސާކޮށްފައެވެ. މިގޮތުން މައްކާރޫޓް އިނީޝިއޭޓިވްގެ ދަށުން އެ ހިދުމަތް ތައާރަފްކުރެވި ހައްޖުވެރިންނަށް އެކަމުގެ ލުއިފަސޭހަކަން ފަހިވެގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ. މައްކާ ރޫޓް މިދިޔަ އަހަރު ތައާރަފްކުރުމާއެކު ދިވެހި ހައްޖާޖީން މީގެ ކުރިން ސައުދީއަށްގޮސް ކުރަންޖެހޭ ގިނަ ކަންކަން މިފަހަރު ކޮށްފައިވަނީ ވީއައިއޭއިންނެވެ. 

ސައުދީ ސަފީރު ޔަހްޔާ އަލްޤަހްތާނީ މީޑިއާގެ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުން... ފޮޓޯ: ސައުދީ އެމްބަސީ

ސައުދޫީ ސަފީރު ވަނީ ހައްޖާއި އުމްރާގެ ކަންކަން ފަސޭހަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ހައްޖާއި އުމްރާގެ ކަންކަމުގައި ދިވެހިންނަށް މިހާރު ލިބެމުންދާ ހިދުމަތުގެ ވާހަކަތައްވެސް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ މިނިވަންކަމަށް ސައުދީން ގެންގުޅޭ ސިޔާސަތުތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ. 

ސައުދިއާ ރާއްޖެއާ ދެެމެދު ސިޔާސީގުޅުން ގާއިމްކުރެވުނީ 1981 ވަނަ އަހަރުގެ މާރޗްމަހުގެ 17 ވަނަ ދުވަހެވެ. އޭގެ ފަހުން މިއަދާހަމަޔަށް ސައުދީއަކީ ރާއްޖޭގެ އިގްތިސާދީ އުމްރާނީ، އިޖުތިމާއީ އަދި ދީނީވަހުދަތު ދެމެހެއްޓުމުގައި އެންމެބޮޑު އެހީތެރިކަމެއްދޭ ޤައުމެވެ. ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ގިނަ ދާއިރާތަކަކަށް ލޯނު ދެމުންދާއިރު، އެޤައުމުގެ އެހީގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢުއާއި ހުޅުމާލެ ދޭއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. 

މީގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސަލްމާން މިސްކިތަކީވެސް ސައުދީގެ ދީލަތި އެހީގެ ދަށުން ބިނާކުރެވިގެންދިޔަ ތަންތަނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.