އިމިގްރޭޝަނުން ކަރަންކާ މަގުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން... ފޮޓޯ: އިމިގްރޭޝަން
ހަބަރު
14 Nov 2025 | 09:38
އިމިގްރޭޝަނުގެ ކަޅި އެންމެފަހުން ބިދޭސީން ވިޔަފާރި ހިންގާ ސަރަހައްދުތަކަށް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަން ބިދޭސީން ވިޔަފާރި ހިންގާ ސަރަހައްދުތަކަށް އަމާޒުކޮށްފިއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބަލައިފާސްކުރުން ކުރިއަށްގެންގޮސްފައިވަނީ ހޮޓާހޮޓަލާއި، ބިދޭސީންގެ އެކޮމަޑޭޝަން ފަދަ ތަންތަނެވެ. ނަމަވެސް އިމިގްރޭޝަނުން މިފަހުން ވަނީ ބިދޭސީން ވިޔަފާރި ހިންގާކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ބަލައި ފާސްކުރަން ފަށާފައެވެ. އެގޮތުން އިއްޔެރޭ ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ކަރަންކާ މަގާއި އެމަގާ ގުޅިފައިވާ ތަންތަން ރެއިޑްކުރުމުގެ އޮޕަރޭޝަނެވެ.

އިމިގްރޭޝަނުން ބުނީ ކަރަންކާމަގުގެ ސަރަހައްދު ބަލާ ފާސްކުރުމުގެ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށެވެ. އެގޮތުން ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނުކަން ފާހަގަކުރިއެވެ. 

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ ހިންގާ ވިޔަފާރިތައް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން ބިދޭސީން އެންމެގިނައިން ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ފާހަގަކުރެވެނީ ކަންމަތީ ކުދި ފިހާރަތައް ހިންގުމާއި މޯބައިލް ފޯނު މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭ ތަންތަނެވެ. މިތަންތަނުން ހިދުމަތް ހޯދުމަށްފަހު ގިނަ ފަހަރަށް ފައިސާ ޖަމާކުރަން ބުނަނީވެސް ބޭރު މީހެއްގެ އެކައުންޓަށްކަން ބައެއް މީހުން ފާހަގަކުރެއެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނު ބުނާގޮތުން ބިދޭސީންނަށް ވަނީ ބައެއް ކަހަލަ ވިޔަފާރިތައް ހިންގުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ފާހަގަކޮށްލެވެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ހޯލްސޭލްކޮށް ތަރުކާރީ ވިއްކާ ގިނަ ތަންތަނަކީ ބިދޭސީން އިސްވެހިންގާ ވިޔަފާރިތަކެވެ. އެގޮތުން އެއްޗެހީގެ އަގުތައް ކަނޑައަޅައި އެ ވިއްކުމުގެ ކަންކަންވެސް ކުރަނީ އެމީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.