ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ
ހަބަރު
14 Nov 2025 | 22:45
މި ވެރިކަމުގައި ސިޔާސީ ގޮތުން މީހަކު ހައްޔަރުކޮށް ބަދަލުހިފިތަން ނުފެންނާނެ: ރައީސް

މި ވެރިކަމުގެ ނިމިގެންމިދާ ދެ އަހަރުގެ ތެރޭގައި އެއްވެސް މީހަކު ސިޔާސީ ގޮތުން ހައްޔަރުކުރިތަން ނުފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ބަދަލުހިފުން ދޫކޮށްގެން މެނުވީ ހަމަޖެހުން ނުލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވީ އެންމެ މުހިންމު އެއް ވައުދަކީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުން ކަމަށާއި، އެ ހަމަޖެހުން ޤާއިމްކުރުމުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ދިފާއީ ސިޔާސަތު ވަރުގަދަކުރުމާއެކު، ޤައުމުގެ ތެރޭގައި ހުރިހާ މާނައެއްގައި ވެސް ހަމަޖެހުން ޤާއިމްކުރުން ހިމެނޭ ކަމަށެވެ.

އަދި ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު ހައްޔަރުކުރުމެއް މި ސަރުކާރުގައި ނޯންނާނެ ކަމަށާއި، އެގޮތުން ނިމިގެން މިދާ ދެ އަހަރުގެ ތެރޭގައި އެއްވެސް ދިވެހި ރައްޔިތަކު ސިޔާސީ ގޮތުން ހައްޔަރުކުރިތަން ފެނިފައިވޭތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ނުފެންނާނެ. އަދި ކުރިޔަށް އޮތް ތާނގައިވެސް ނުފެންނާނެ. އެއީ އަޅުގަނޑުމެން އެކަން ކުރާނެ ގޮތެއް ނޫން. ސިޔާސީ ވިސްނުމުގައި އަޅުގަނޑަކަށް އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް ކިތަންމެ ވާހަކައެއް ބޭފުޅަކު ދެއްކިޔަސް، ބަޔަކު ދެއްކިޔަސް. ސިޔާސީ ވިސްނުމުގައި ކޮންމެ ކަމެއް ކުރިޔަސް. އެ މިނިވަންކަން މި ޤައުމުގައި އޮންނާނެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، މީގެ ކުރީގެ ވެރިކަންތަކާއި ޚިލާފަށް މި ސަރުކާރުން ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫޙު ކުރިޔަށް ނުގެންދާނެ ކަމަށެވެ. 

އަދި ޤައުމަށް ހަޤީގީ މާނައިގައި ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ ނުބައި ވިހަ އޮއިވަރު ނައްތާލެވިގެން ކަމަށާއި، އެއަށް ވުރެ ބޮޑަށް ޤައުމު އިސްކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރީގައި އެހެންނެއް ނޫން. އެއް އަހަރު ވާއިރުގައި އަމުދުން ދެ އަހަރު ވާއިރުގައި އެންމެން ތިބޭނީ ޖަލުގައި. އަޅުގަނޑުމެން އެހެންނެއް ނަހަދާނަން. ސިޔާސީ ގޮތުންނެއް ނޯންނާނެ ބަދަލު ހިފުމެއް. އަޅުގަނޑު ދެންނެވިން ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުން ނުގެންދާނަމޭ ކުރިޔަކަށެއް. މިއަދާއި ހަމައަށް އައިއިރު ނޯންނާނެ ހަމަ އެއްވެސް ވަރަކަށް ބަދަލު ހިފުމުގެ ރޫޙޫ ތަންފީޒުކޮށްފައެއް. އެގޮތަށް ޢަމަލުކޮށްފައެއް. އެއީ އަޅުގަނޑު ބޭނުން ހަޤީގީ މާނައިގައި މި ޤައުމަށް ހަމަޖެހުން އަންނަން. ހަޤީގީ މާނައިގައި ހަމަޖެހުން އަންނާނީ އެ ބަދަލު ހިފުމުގެ ރޫޙު ނުބައި ވިހަ އޮއިވަރު މި ޤައުމުން ނައްތާލެވިގެން. އެއަށް ވުރެ ބޮޑަށް ޤައުމު އިސްކޮށްގެން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެއާއެކު ރައީސް ވަނީ ޕީއެންސީގެ "ލަޝްކަރަކީ" ބަދަލު ހިފުމުގެ ރޫޙު ނުގެންގުޅޭނެ ލަޝްކަރު ކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، މިދިޔަ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލު ދައުވާތަކުގައި އެމަނިކުފާނު ޖަލަށްލައިފައިވަނީ ސިޔާސީ ގޮތުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި އެ ސިޔާސީ ބަންދުން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއް އޭރު އެ ފަރާތްތަކުން ވަނީ ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.