ކޮލެރާ ޖެހިފައިވާ ކުއްޖަކަށް ފަރުވާ ދެނީ-- ފޮޓޯ/ އޭޕީނިއުސް
ހަބަރު
15 Nov 2025 | 11:44
ވޭތުވެދިޔަ 25 އަހަރުގެ ތެރޭ ނުފެތުރޭ ވަރަށް އެފްރިކާގައި ކޮލެރާ ފެތުރެނީ

ފާއިތުވި 25 އަހަރުގެ ތެރޭގައި ވެސް ނުފެތުރޭ މިންވަރަކަށް އެފްރިކާގައި ކޮލެރާ ފެތުރެން ފަށައިފިއެވެ.

އެފްރިކަން ޔޫނިއަންގެ ޕަބްލިކް ހެލްތު އޭޖެންސީއެއް ކަމަށްވާ އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުރާސްފަތި ދުވަހު، ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 300,000 ކޮލެރާގެ ކަށަވަރުކުރެވިފައިވާ އަދި ޝައްކުކުރެވޭ ކޭސްތައް ރެކޯޑުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މި ބަލީގައި 7,000 އަށްވުރެ ގިނަ މަރުގެ ހާދިސާތައް ރިކޯޑުކޮށްފައިވާކަމަށެވެ. މިއީ ފާއިތުވި އަހަރު ރެކޯޑު ކުރެވުނު ޖުމްލަ 254,075 ކޭސްއަށްވުރެ 30 އިންސައްތަ އިތުރުވުމެކެވެ. 

މި ބަލި އެންމެ ހަލުވި ދުވެލީގާއި ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފައިވަނީ އެންގޯލާ އަދި ބުރުންޑީގައެވެ. އެގޮތުން އެންގޯލާއިން މިހާތަނަށް  33,563 ކޮލެރާގެ ކޭސް ފެނިފައިވާ ކަމަށާއި، ކޮލެރާގެ ސަބަބަުން 866 މަރުގެ ހާދިސާ ހިނގާފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. ބުރުންޑީން މަދުވެގެން 2,380 ކޭސް ފެނިފައިވާއިރު، މީގެ ސަބަބުން 10 މީހަކު މަރުވެފައިވާކަމަށް އެ ރިޕޯޓުތަކުން ދައްކައެވެ. 

އެފްރިކާ ސީޑީސީގެ ޑިރެކްޓަރ ޖެނެރަލް ޖީން ކަސޭޔާ ބުރާސްފަތި ދުވަހުގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކޮލެރާއަކީ އެގައުމުގައި އަދިވެސް ވަރަށް ބޮޑު މައްސަލައެއްކަމާއި ކޮންމެ އަހަރަކުވެސް އިތުރު ކޭސްތައް ފެންނަމުންދާކަމަށެވެ. 

ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާތަކުން އެފްރިކާގެ ޤައުމުތަކަށް ކޮލެރާގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދެވެ. އެގޮތުން ވެކްސިން ފޯރުކޮށްދިނުމާއި، ސާފު ބޯފެން ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުންދެއެވެ. 

ކޮލެރާއަކީ ވިބްރިއޯ ކޮލެރޭ ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. އާންމުކޮށް މި ބަލި ފެތުރެނީ ތަޣައްޔަރުވެފައިވާ ފެން ހަށިގަނޑުގެ އެތެރެއަށް ދިޔުމުންނެވެ. 

މި ބަލި ޖެހުމުން ގަދައަށް ހުން އައުމާއި، ބޭރަށްހިންގުން އަދި ޑީހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ ނުރައްކަލާއި ކުރިމަތިވެއެވެ. އަދި އަވަހަށް ފަރުވާ ނުލިބިއްޖެނަމަ، ގަޑިއިރުތަކެއްގެ ތެރޭގައި ވެސް ބަލިން މަރުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެެވެ. އެހެންކަމުން މި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވުމަކީ އާންމު ގޮތެއްގައި ނުރައްކަލެއް ނޫނެވެ.

އެފްރިކާގެ ގިނަ ޤައުމުތަކުގައި ސާފު ބޯފެން ލިބުމުގެ ދަތިކަމާއި، އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމާއި، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކޮލެރާ ފަދަ ބަލިތައް ފެތުރުމަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. އަދިއެގައުމުގެ މޫސުމަށް އަންނަ ބަދަލުތަކާއި ތަފާތު ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ވެސް މި ހާލަތު އިތުރަށް ގޯސްވަމުންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް