އެޗްޑީސީ މުއައްޒަފުންނަށް އެޕާޓްމަޓެއްގެ ތަޅުދަނޑި ހަވާލުކުރުން..
ހަބަރު
16 Nov 2025 | 07:44
އެޗްޑީސީގެ މުއައްޒަފުންނަށް ހެދި އެޕާޓްމަންޓުތައް ހަވާލުކުރަން ފަށައިފި

އެޗްޑީސީގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.

އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ބައެއް މުއައްޒަފުްނަށް ހަވާލުކޮށްފައެވެ. އެޕާތްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ބައިވެރިވިއެވެ.

އެޗްޑީސީ މުއައްޒަފުންނަށް އެޕާޓްމަޓެއްގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު..

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، އެޗްޑިސީގެ ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.

އެޗްޑީސީގެ މުއައްޒަފުންނަށް ހާއްސަކޮށް ހެދި ޓަވަރެއް..

އެޗްޑީސީން ބުނީ ރޭ ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ މުއައްޒަފުންނަށް ހާއްސަކޮށް ހެދި ޓަވަރެއް..

އެ ޓަވަރުތަކުގައި ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮމާޝަލް ޔުނިޓުތައްވެސް ހިމެނެއެވެ. މީގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި