އަތުކުރި އޮޅާލަމާ
ހަބަރު
16 Nov 2025 | 12:23
އަތުކުރި އޮޅާލަންވީ ކޮންކަމަކަށްބާ؟

ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. ނަމަވެސް މި ވީޑިއޯތަކުގެ ސީދާ މަގްސަދަކީ ކޮބައިކަމެއް ސާފުވާގޮތެއް ނުވެއެވެ. 

މި ވީޑިއޯތަކުން ފެންނަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭގޮތައް އެންމެންވެސް އަތުގެ މުލައްދަނޑިއާއި ހަމައަށް އަތުކުރި އޮޅާލާތަނެވެ. ދެން އިނގޭހާވެސް އެއްޗަކީ މިއީ ޤައުމީ ކެންޕެއިނެއްކަމެވެ. 

މި ވީޑިއޯތަކުގައި މަޤްބޫލު ބައެއް ޝަހްސިއްޔަތުތަކާއި، ޔުނީފޯމްއެޅި ބައެއް އިދާރާތަކުގެ މުވައްޒަފުންވެސް ފެނނިގެންދެއެވެ. އޭގެތެރޭގައި ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއާއި، ޑރ. އަބްދުﷲ ނިޔާފްއާއި ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުވެސް ހިމެނެއެވެ.

މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ގައުމީ ޔުނިވާސިޓީގެ ދަރިވަރެއް ކަމުގައިވާ ޝަފްރާޒް އަހުމަދު ބުނީ މި ކެމްޕެއިނަކީ އެ ޔުނިވާސިޓީގައި "މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން" ކިޔަވަމުންދާ ދަރިވަރުންތަކެއް އިސްވެ ހިންގާ ހަރަކާތެއް ކަމަށާއި ވަރަށް އަވަހަށް އެ ކެމްޕެއިންގެ މަގުސަދު ހާމަވެގެންދާނެ ކަމާށެވެ.

"މި ކެމްޕެއިންއާ ދެކޮޅުވާނެ އެކަކު ވެސް ނުހުންނާނެ. އެ ޔަގީންކަން އެބަ އޮތް. ކޮންމެ ފިކުރެއްގެ މީހަކު ވިޔަސް، މިކަމަށް އިޖާބަދޭނެ،"

ޝަފްރާޒު އަހުމަދު (ކެމްޕެއިންގައި އިސްކޮށް އުޅުއްވާ އެމްއެންޔޫ ދަރިވަރު)

ޝަފްރާޒް ބުނީ މި ކެންޕެއިންގެ މައުލޫމާތު ވަރަށް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އެހެންކަމުން ދެން ޖެހޭނީ އެކަމަށް އިންތިޒާރުކުރާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.