ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން-- ފޮޓޯ/އޭއެފްޕީ
ހަބަރު
18 Nov 2025 | 12:12
ޓެންޒޭނިއާގެ ރައީސް އޭނާގެ ދަރިއަށާއި ދަނބިދަރިއަށް މިނިސްޓަރުކަންދީފި

ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން، އޭނާގެ އަންހެން ދަރިކަނބަލުން ވާނޫ ހާފިޟް އަމީރު، އަދި ދަނބިދަރިކަލުން މުޙައްމަދު މްޗެންގެރުވާ އަށް އެގައުމުގެ މިނިސްޓަރުންކަމުގެ މަގާމް ދެއްވައިފިއެވެ. 

އެގޮތުން އެކަމަނާގެ ދަރިކަނބަލުން ވާނޫ ހާފިޟް އަމީރު އައްޔަނު ކުރެއްވީ ތަޢުލީމާ ބެހޭ ނާއިބު ވަޒީރުގެ މަގާމަށެވެ. އުމުރުން 43 އަހަރުގެ ވާނޫ ހާފިޟް އަމީރަކީ، އަމިއްލަ-ދާޚިލީ ވެރިކަމެއް ހިންގާ ޒެންޒިބާރުގެ މަކުންޑޫޗީ ދާއިރާގެ މަޖިލިސް މެމްބަރެވެ. އޭނާ ވަނީ 2025 އޮކްޓޯބަރު 29 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގައި، ވެރިކަން ކުރާ ޕާޓީ، ޗަމާ ޗާ މާޕިންޑޫޒީ (ސީސީއެމް) ގެ ޓިކެޓުގައި ވާދަކުރައްވައި، މަޖިލީހުގެ ގޮނޑި ދިފާޢުކުރައްވާފައެވެ. އޭނާގެ މަންމަ ރައީސް ސާމިއާ ސުލޫހޫ ހަސަން ވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ ހަމަ އެ ޕާޓީގެ ފަރާތުންނެވެ.

ހަމަ އެއާއެކު، ރައީސް ސާމިއާ ވަނީ ވާނޫގެ ފިރިކަލުން، މުޙައްމަދު މްޗެންގެރުވާ، ޞިއްޙަތާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އުމުރުން 46 އަހަރުގެ މްޗެންގެރުވާ އަކީ، އެ ޤައުމުގެ އިރުމަތީގައިވާ ޕްވާނީ ސަރަޙައްދުގެ ރުފީޖީ ދާއިރާގެ މަޖިލިސް މެމްބަރުވެސްމެއެވެ.

މީގެ އިތުރުން ޓެންޒޭނިއާގެ ކުރީގެ ރައީސް ޖަކާޔާ ކިކްވެޓޭގެ ދަރިކަލުން، ރިޟްވާން ކިކްވެޓޭ ވެސް ވަނީ ރައީސް ސާމިއާ ސުލޫހޫ ހަސަންގެ އޮފީހުގެ ވަޒީރެއްގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އޭނާ ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ޕަބްލިކް ސަރވިސް މެނޭޖްމަންޓާއި ގުޑް ގަވަރނަންސްއާ ޙަވާލުވެވަޑައިގެންނެވެ.

އުމުރުން 46 އަހަރުގެ ރިޟްވާން ކިކްވެޓޭ އަކީ ވެސް ސީސީއެމް ޕާޓީގެ މެމްބަރެކެވެ. އޭނާ ތަމްސީލު ކުރައްވަނީ ޕްވާނީ ސަރަޙައްދުގެ އައްސޭރިފަށުގެ ދާއިރާއެއް ކަމަށްވާ ޗަލިންޒޭ ދާއިރާއެވެ.

ޓެންޒޭނިއާގައި އޮކްޓޯބަރު 29 ގައި ބޭއްވި ރިޔާސީ އިންތިޚާބު ގާތްގަނޑަކަށް 98 އިންސައްތަ ވޯޓުން ކާމިޔާބު ކުރެއްވި ރައީސް ސުލޫހޫ ހަސަން، އަލުން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް 27 ވަޒީރުންނާއި 29 ނާއިބު ވަޒީރުން ވަނީ އައްޔަން ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް