ބީއެމްއެލްގެ ސީއީއޯ ޝަރީފް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަނީ..
ހަބަރު
19 Nov 2025 | 10:30
ބީއެމްއެލްގެ ބޭރުފައިސާގެ މުއާމަލާތްތަކުގެ ހާލަތު މިހާރު އޮތީ ވަރަށް ރަނގަޅު ފައްތަރެއްގައި: ސީއީއޯ

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ބޭރުފައިސާގެ މުއާމަލާތްތަކުގެ ހާލަތު މިހާރު އޮތީ ވަރަށް ރަނަގޅު ފައްތަރެއްގައިކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބީއެމްއެލުން ހާސިލްކުރި ކާމިޔާބީގެ ވާހަކަތަކުގެ ވާހަކަތައް ދައުލަތުގެ މީޑިއާގައި ހިއްސާކުރަމުން ސީއީއޯ ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ބޭންކަށް ބޭރުފައިސާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ކުރިމަތިލާން ޖެހުނު ދަތި ހާލަތުން އަރައިގަތުމަށް ދިގު މުއްދަތެއް ނެގިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބޭރުފައިސާގެ ދަތިކަމަށް އޮތް ގޮްނޖެހުން ނައްތާލުމަށް ސަރުކާރުން ފެށި މަސައްކަތްތަކާއެކު އެދެވޭފަދަ ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެންދޔަ ނަމަވެސް އަދުގެ ސަރުކާރުގެ އެހީޓެރިކަމާއެކު މިއަދު ދަތިތަކުން އަރައިގަނެ ބޭންކް އޮތީ ވަރަށް ރަނަގޅު ފައްތަރެއްގައިކަމަށެވެ.

ބޭރުފައިސާ ލިބުމުގައި އޮތް ދަތިކަމަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ފޮރުން އެކްސްޗޭންޖް ޤާނޫނު ހަރުދަނާކޮށް އެ ޤާނޫނަށް އަމަލުކުރަން ފަށާފައެވެ. 

އެމްއެމްއޭއިން ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ޓޫރިޒަމް ވިޔަފާރިކުރާ ކުންފުނިތަކުން މިހާރު، މަހެއްގެ މައްޗަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާކުރަން ޖެހެއެވެ. ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު، ނުވަތަ އެފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރެވެ.

ބޭރުފައިސާ މާރުކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު ބޭންކްތަކަށް ބޭރުފައިސާ ލިބި، ކުރިން ހިފަހައްޓަމުންއައި ބޭރުފައިސާގެ މުއާމަލާތްތަކަށް ބީއެމްއެލުން ވަނީ ދޫދޭން ފަށާފައެވެ. އެގޮތުން ވިސާ ކާޑުތަކުންނާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ބީއެމްއެލުން ވަނީ އަންނަ އަހަރުގެ ފެބުރުއަރީމަހުން ފެށިގެން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައެވެ. އަދި  ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ދޫކުރާ ޑޮލަރުވެސް ވަނީ މިފަހުން އިތުރުކޮށްފައެވެ. އެގޮތުން މީއެމްއެލުން ވަނީ މިއަހަރުގެ އޮަގަސްޓުން ފެށިގެން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.