ޓްރީޓޮޕް ހޮސްޕިޓަލްގެ ވޯޑެއް... ފޮޓޯ: ޓްރީޓޮޕް
ހަބަރު
19 Nov 2025 | 11:55
އޮކްޓޯބަރު މަހު އެންސްޕާއިން އަމިއްލަ ބޮޑު ދެ ހޮސްޕިޓަލަށް 6.4 މިލިއަން ރުފިޔާ ހޭދަކޮށްފި

އެނދުމަތިކޮށްގެން ހޯދި ފަރުވާގެ ހަރަދުތަކަށް ޓްރީޓޮޕާއި އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް ހުސްވި އޮކްޓޯބަރުމަހު 6.4 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެއީ ވިހެއުމާ ގުޅިގެން އެނދުމަތި ކުރިފަރާތްތަކަށެވެ. މި ތަފާސްހިސާބަށް ބަލާއިރު އޮކްޓޯބަރުމަހު 335 ފަރާތަކުން ވަނީ އެނދުމަތިކޮށްގެން ފަރުވާހޯދާފައެވެ. އެންމެގިނަ މީހުން ޓްރީޓޮޕް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާހޯދާފައިވާއިރު، އެފަރާތްތަކަށް ކުރި ހޭދައިގެ ޖުމްލަ އުޅެނީ 4 މިލިއަން ރުފިޔާގައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ހޯދި ފަރުވާގެ ތަފްސީލް

- ވިހެއުމާގުޅޭ: 1،056،007.19 މިލިއަން ރުފިޔާ (78 ކޭސް)

- ކަށީގެ ބަލިތައް: 984،151.70 (53 ކޭސް)

- އަންހެނުންގެ ބަލިތައް: 387،107 (24 ކޭސް)

- ނޭވާލާ ނިޒާމުގެ ބަލިތައް: 365،204.10 (17 ކޭސް)

- ކަރުންމަތީގެ: 248،746 (28 ކޭސް)

- ކުޑަކަމުދާ ނިޒާމް/ކަށީގެ ބަލިތައް: 217،193 (15 ކޭސް)

- ގޭސްޓްރޯއިންޓެސްޓިނަލް: 206،900.89 (29 ކޭސް)

ހުސްވިމަހު އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށް ކުރި ހޭދަ އުޅެނީ 2.3 މިލިއަން ރުފިޔާގައެވެ. 

އޭޑީކޭއިން ހޯދި ފަރުވާގެ ތަފްސީލް:

- ވިހެއުމާގުޅޭ: 507،741.69 ރުފިޔާ (40 ކޭސް)

- މައިބަދަ/ނާރުގެ ބަލިތައް: 485،185.91 ރުފިޔާ (9 ކޭސް)

- ކަށީގެ ބަލިތައް: 352،489 ރުފިޔާ (19 ކޭސް)

 - ކުޑަކަމުދާ ނިޒާމް/ކިޑްނީގެ ބަލިތައް: 176،390.30 (16 ކޭސް)

- ކާޑިއޯވެސްކިއުލާ: 134،280 ރުފިޔާ (9 ކޭސް)

- ގޭސްޓްރޯއިންޓެސްޓިނަލް: 133،219 ރުފިޔާ (13 ކޭސް)

މިދިޔަ މަހު އެންސްޕާއިން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަރަދުކޮށްފައިވަނީ ސެޕްޓެންބަރުމަހު ހަރަދުކުރި ވަރަށްވުރެ 2.1 މިލިއަން ރުފިއާ މަދު އަދަދެކެވެ. 

ދައުލަތުގެ ބައިތުލްމާލުން ބޭސްފަރުވާގެ ކަންކަމަށް ކޮންމެ މަހަކުވެސް އަމިއްލަ ހޮސްޕިޓަލްތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއެވެ. އެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ސަރުކާރުގެ މައި ހޮސްޕިޓަލުންދޭ ހިދުމަތް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.