އަތުކުރި އޮޅާލަމާ ކެމްޕެއިން --
ހަބަރު
19 Nov 2025 | 15:36
އަތުކުރި އޮޅާލަމާ ކެމްޕެއިން: މިއީ ލޭ ހަދިޔާކުރަން ހިތްވަރުދޭ ހަރަކާތެއް

ސޯޝަލް މީޑިއާގައި ކުރިއަށްދާ ކެންޕެއިން 'އަތުކުރި އޮޅާލަމާ' އަކީ ކޮންކަމަކާއި ގުޅޭ ކެންޕެއިނެއްކަން ލޯންޗްކޮށްފި އެވެ.

ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭގޮތުން އެކި އުމުރުފުރާގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މިއީ ކޮންބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. 

'އަތުކުރި އޮޅާލަމާ' ކެންޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ މިއީ ކޮން ކެންޕެއިނެއްކަން ލޯންޗްކޮށްފައެވެ. މިއީ ލޭހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ވަކިން ޚާއްސަކޮށް އަމިއްލައަށް ބޭނުންވެގެން ލޭދޭ މީހުންގެ އަދަދު އިތުރުކުރުމަށް ފެށި ކެންޕެއިނެކެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކެންޕެއިނެކެވެ. 

ކެންޕެއިންގެ ޓީމުން ބުނީ ކެންޕެއިނަށް 'އަތުކުރި އޮޅާލަމާ' މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަގްސަދެއް ގައި ކަމަށެވެ. މީގެ މާނައަކީ ލޭހަދިޔާކުރުމަށް އެންމެންވެސް އަތުކުރި އޮޅާލާށޭކަމަށް ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ބުނެފައެވެ. 

ރާއްޖެއަކީ އެކިއެކި ސަބަބުތަކާއި ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. އެހެންކަމުން މި ކެންޕެއިންގެ ސަބަބުން ލޭ ހަދިޔާކުރުމަށް މީހުން އިތުރުކޮށް، މިކަމަށް ހޭލުންތެރިކޮށް، އަމިއްލައަށް އެދިގެން ލޭ ދޭމީހުންގެ އަދަދު އިތުރުކޮށް އަދި ވަކިން ޚާއްސަކޮށް ލޭ ހަދިޔާކުރެވޭ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާނެކަމަށް އަތުކުރި އޮޅާލަމާ ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.