ވިއެޓްނާމުގެ ފެންބޮޑުވުމުގެ ތެރެއިން-- ފޮޓޯ/ޔަހޫ ނިއުސް
ހަބަރު
22 Nov 2025 | 17:30
ވިއެޓްނާމްގެ ފެންބޮޑުވެ، ހިގި ހާދިސާތަކުގައި 55 މީހަކު މަރުވެއްޖެ

މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ވިއެޓްނާމްގެ މެދުތެރޭ ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ބިންގަނޑު ކެނޑައިގެން ދުއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 55 ކަށް އަރައިފިއެވެ.

ވިއެޓްނާމްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، މަރުވި މީހުންގެ ތެރޭގައި ގިނައީ ދަކް ލަކް ޕުރޮވިންސުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ކަމުގައެވެ. މި ގޮތުން، އެ ސަރަހައްދުން 27 މީހުން މަރުވެފައިވާ ކަން ޔަގީން ކުރެވިފައިވާއިރު، ހައިން ހޮވާ ޕުރޮވިންސުން އިތުރު 14 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ލިބިފައެވެ.

ވިއެޓްނާމްގެ ސަރުކާރުން ބުނީ ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުމުގެ އަގު 341 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. އަދި ފެންބޮޑުވުމާއި ގުޅިގެން ގެއްލުން ލިބިފައިވާ ގޭގެ އަދަދު 235,000 އަށް އަރާނޭކަމަށެވެ. މި ހާދިސާގައި ، 80 ހެކްޓަރުގެ ދަނޑުބިން ވަނީ ހަލާކުވެފައެވެ.

ބިންގަނޑު ކެނޑުމުގެ ހާދިސާތައް ކުރިމަތިވެފައި ވަނީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދުތަކެއްގައެވެ. އެގޮތުން އެކަމުގެ އެންމެ ބޮޑަށް ކޮށްފައި ވަނީ ދަކް ލަކް ޕުރޮވިންސާއި ހައިން ހޮވާ ޕުރޮވިންސުގެ ސަރަޙައްދުތަކަށެވެ. އެ ތަނަކީ ދަނޑުތަކާއި މޫދަށް އެރޭ ސަރަޙައްދުތައް ގިނަ ހިސާބެކެވެ. އަދި އެއީ މޫސުން ގޯސްވެ، ތޫފާންތައް ޢާންމު ހިސާބެއްވެސްމެއެވެ. އެ ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑި އެކަމުގެ އަސަރު 300,000 މީހުނަށް ވަނީ ކޮށްފައެވެ.

ވިއެޓްމާންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް 1,900 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާ ދެމެދު ވިއެޓްނާމަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 279 އަށް އުފުލިފައެވެ. އަދި، ލިބިފައިވާ ގެއްލުމުގެ އަގު 2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައި އެ ޤައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެ އިދާރާއިން ބުނީ، މޫސުން ގޯސްވުމާ ގުޅިގެން ހިނގި މި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 13 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމުގައެވެ. ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ވެސް ވިއެޓްނާމްގެ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް