ބާސާއިން ފުރަތަމަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
23 Nov 2025 | 10:38
900 ދުވަސް ފަހުން ބާސާ އަމިއްލަ ދަނޑަށް، ދަނޑު ހުޅުވީ ބޮޑު މޮޅަކުން

ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން އެނބުރި ކޭމްޕްނޫ އަށް އައި މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު ބާސާގެ ރަސްމީ ފުޓްބޯޅަ ދަނޑު، ކޭމްޕްނޫ ބަންދުކުރީ ދަނޑު ބޮޑުކުރުމުގެ މަސައްކަތްތަކަށާއި މާރާމަތުގެ މަސައްކަތްތަކަށެވެ. އެ ދަނޑު ބަންދުކުރުމާއި އެކު ފާއިތުވެދިޔަ ދެ އަހަރު ބާސާއިން ކުޅެމުން އައީ ސްޕެއިންގެ މޮންޖުކިޗް އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

އެ ދަނޑުގެ މާރާމާތުގެ ބައެއް މަސައްކަތްތަކަށް ފަހު 45،000 މީހުންގެ ކުރިމަތީގައި ރޭ ބާސެލޯނާއިން ނުކުތީ ވާދަވެރި އެތްލެޓިކޯ ބިލްބާއޯއާއި ދެކޮޅަށެވެ. އެ މެޗު ބާސާއިން ކާމިޔާބު ކުރީ 0-4 އިންނެވެ.

ބާސާއިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަލްޖަޒީރާ

ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ބާސާގެ ތަޖުރިބާކާރު ފޯވާޑް، ރޮބާޓް ލެވަންޑޮސްކީއެވެ. މިއީ ބާސާއަށް ލެވަންޑޯސްކީ ބަދަލުވިފަހުން އޭނާ އެ ދަނޑުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގައި މޮޅަށް ކުޅެ ބޯޅަ ހިފަހައްޓައިގެން ކުޅުނު ބާސާގެ އަނެއް ތިން ލަނޑު ޖެހީ ފާމިން ލޮޕޭޒް އަދި ފެރާން ޓޮރޭޒްއެވެ. އޭގެ ތެރެއިން ފެރާން ޓޮރޭޒް ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ދެ ލަނޑު ވެސް އެސިސްޓްކޮށްދިނީ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ.

ބާސާގެ މެއިން ސްޕޮންސާ، ސްޕޮޓިފައިގެ ނަން އިތުުރުކޮށް، "ސްޕޮޓިފައި ކޭމްޕްނޫ" އިއްޔެ ހުޅުވުމާއި ގުޅިގެން އެ ދަނޑުކައިރީގައި ވަނީ ހަވާވެސް އަރުވާފައެވެ. މުޅި ދަނޑު އެއްކޮށް މަރާމާތު ކުރުމުގެ މަސައްކަތް މި އަންނަ އަހަރު ނިންމަން ތާވަލުކޮށްފައިވާއިރު، އެ ދަނޑު ނިމުމުން އެއްފަހަރާ 105،000 މީހުންނަށް ކުޅިބަލަން ވަދެވޭނެއެވެ.

ދަނޑުގެ މައިގަނޑު މަސައްކަތްތައް ނިމި އެއްކޮށް ބޭނުންކުރަން ފެށުމުން އެ ދަނޑު ވާނީ ދުނިޔޭގެ އެންމެ ބޮޑު އެއް ދަނޑަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.