ހއ. ފިއްލަދޫ -- ފޮޓޯ: ސޯޝަލް މީޑިޔާ
ހަބަރު
23 Nov 2025 | 14:30
ފިއްލަދޫން 50 އަހަރަށް 66 ބިން ދިން ގޮތުން 69 މިލިއަނުން ގެއްލުންވާނެ: އޮޑިޓް

ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ޓޫރިޒަމް ފުޅާކުރުމަށް ބިންތައް ކުއްޔަށް ދޫކުރުމުގައި ހުށަހެޅި ޕްރޮޕޯޒަލްތަކާއި ޚިލާފަށް އެއްބަސްވުންތައް ތައްޔާރުކުރުމުގެ ސަބަބުން 69.9 މިލިއަން ރުފިޔާއިން ގެއްލުންވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ނެރުނު ހއ. ފިއްލަދޫ ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލުގެ އިދާރާ އިން ޓޫރިޒަމަށް ބިން ދޫކުރުމަށް ތައްޔާރުކޮށްފައިވާ އުސޫލާ ހިލާފަށް ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވުމާއި، އަދި ހުށަހެޅުނު ޕްރޮޕޯސަލްތަކާ ޚިލާފަށް އެއްބަސްވުންތައް ތައްޔާރުކޮށްފައިވުމުގެ ސަބަބުން ޖުމްލަ 69,952,173 ރުފިޔާގެ ގެއްލުން އެ އެއްބަސްވުންތަކުގެ މުއްދަތުގައި ވާނެއެވެ. މީގެ އިތުރުން، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ހެދި ގޯސްތަކުގެ ސަބަބުން ކައުންސިލަށް 173,173 ރުފިޔާގެ ވަގުތީ ގެއްލުމެއް ވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އަށް ބިމަކުން ކުލި ހިސާބުކުރި ގޮތުގެ ސަބަބުން އާމްދަނީގެ ގޮތުގައި 55 މިލިއަން ރުފިޔާގެ ގެއްލުން ވާނެއެވެ. މި އަދަދު ހިސާބުކޮށްފައިވަނީ ކޮންމެ 10 އަހަރަކުން މަހުކުލި 25 ޕަސެންޓް އިތުރުކުރާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، ކުލި އިތުރުކުރުމަކީ އިޚްތިޔާރީ ކަމަކަށް ވާތީ، އެ ކުރިއެރުން ނުހިމަނައި ހިސާބުކުރާނަމަ، ގެއްލުން 100 މިލިއަން ރުފިޔާއަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ބައެއް އެއްބަސްވުންތަކުގައި ސީއެސްއާރު އަދި ކުލީގެ މާއްދާތައް ޕްރޮޕޯސަލާ ޚިލާފަށް ހިމަނާފައިވާކަން ރިޕޯޓުން ހާމަވެއެވެ. މިސާލަކަށް، ޕްލޮޓް ނަމްބަރު BP-01 ގެ ޕްރޮޕޯސަލްގައި އަހަރުން އަހަރަށް ކުލި އިތުރުވާ ގޮތަށް ހުށަހެޅި ނަމަވެސް، އެއްބަސްވުމުގައި ފުރަތަމަ އަހަރުގެ އަގު (2ރ. އަކީ) 50 އަހަރަށް ފިކްސްކޮށްފައިވެއެވެ. މީގެ ސަބަބުން 9.2 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ފާހަގަކޮށްފައިވާއިރު، ހަމަ އެފަދައިން، ޕްލޮޓް BP-38 އަށް ސީއެސްއާރުގެ ގޮތުގައި އަހަރަކު 115,000ރ. ދޭނެ ކަމަށް ހުށަހެޅި ނަމަވެސް، އެއްބަސްވުމުގައި ދެ އަހަރަށް ޖުމްލަ 115,000ރ. ދޭންޖެހޭ ގޮތަށް ހަމަޖައްސާފައިވާތީ، އެކަނި ވެސް 5 މިލިއަން ރުފިޔާގެ ގެއްލުމެއް ވެދާނެ ކަމަށް އޮޑިޓުގައި ބުނެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރި އެހެން މައްސަލަތަކުގެ ތެރޭގައި، ކައުންސިލު އިދާރާގެ މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތަކަށް ބިންތަކަށް ކުރިމަތިލުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލާފައި ނެތުން ހިމެނެއެވެ. އަދި ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދާ ޚިލާފަށް، ކައުންސިލް މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ބައްދަލުވުންތަކުގައި އެ މެމްބަރުން ބައިވެރިވެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިގޮތުން، އެ ރިޕޯޓުގައި ބުނީ ދެ މުވައްޒަފަކާއި މެމްބަރަކަށް ބިން ލިބުނު ކަމަށް ފާހަގަކޮށްފައިވާއިރު އަދި 131،660 އަކަފޫޓުގެ އެ ބިމުން އެ މީހުންނަށް ލިބިފައި ވަނީ ބީޗް ފްރަންޓުން ހަތް ބިމާއި މޫދާ ކައިރިން ތިން ބިމަކާއި ފުއްޓަރު ފަރާތުން ބިމެއް ކަމަށެވެ. އަދި 81،614 އަކަފޫޓުގެ ބިމުން، ތިން މުވައްޒަފަކާއި ދެ މެމްބަރަކާ ގުޅުން ހުރި ފަރާތްތަކަށް ވެސް ބިން ލިބުނު ކަމަށާއި އެއީ ބީޗް ފްރަންޓުން ފަސް ބިމާއި މޫދާ ކައިރި ހިސާބަކުން ހަތަރު ބިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.