މާލޭ ފަޅުގައި އަޅާފައިއޮތް ލޯންޗުތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
23 Nov 2025 | 21:15
މަސްވެރިންގެ ދުވަހު މިނިސްޓްރީން އެކަނިވެސް ދުވާފަރަށް 50 ހަށްވުރެ ގިނަ ލޯންޗް ދަތުރު

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވާފަރަށް 50 ހަށްވުރެ ގިނަ ލޯންޗުދަތުރު ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފިއެވެ.

ކުރިއަށްއޮތް މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވަނީ ރ.އަތޮޅު ދުވާފަރުގައެވެ. ދުވާފަރަކީ ކުރިން ރ.އަތޮޅު ކަނދޮޅުދޫއިން މީހުން ބަދަލުކުރި ރަށެވެ. ކަނދޮޅުދޫއިން މީހުން ބަދަލުކުރީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހުއެވެ. ކަނދޮޅުދުއަކީ މަސްވެރި ރަށެކެވެ.

ދުވާފަރުގައި މަސްވެރިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ތައްޔާރީތައް ވަމުންދާއިރު، މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިނިސްޓްރީގެ ބޭނުމަށް އެރަށަށް ލޯންޗްދަތުރުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. ލޯންޗްދަތުރުތައް ކުރުމަށް ތާވަލްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުންގެ ދަތުރުފަތުރުގެ ބޭނުމަށެވެ. އެދުވަހު ރ.އަތޮޅުގެ އެކި ރަށްތަކުން ދުވާފަރަށް ލޯންޗް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހުގެ 11 ގެ ކުރިން އެކަން ހުށަހެޅުމަށް އެދިފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހެއް ރަސްމީކޮށް ފާހަގަކުރީ 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.