ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ
ހަބަރު
24 Nov 2025 | 11:38
މުސާރަ މައްސަލާގައި އިހުތިޖާޖު ކުރުމަށް ޖުޑިޝަރީ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށްބުނެ، އެކަމާ ނުރުހުން ފާޅުކޮށް ހިމޭން އިހުތިޖާޖެއް ކުރުމަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ހާޒިރުވެއްޖެއެވެ. 

އެގޮތުން، މާލޭގެ ހައި ކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައެވެ.

އަދި ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި، ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ހިމެނޭހެން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން ވެސް މި އިހުތިޖާޖުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މުސާރައާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުން އެދި ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ރައީސް އޮފީހަށް މިއަދު ޕެޓިޝަނެއް ވެސް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ޖުޑިޝަރީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މައުލޫމާތު ދޭ ގޮތުގައި، މުސާރައިގެ ކަންބޮޑުވުން އޮތީ ލީގަލް ބައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެވެ. 

ޖުޑިޝަރީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ އިހުތިހާޖު ކުރާއިރު، ޕޭ ކޮމިޝަނުން ބުނާގޮތުން، މުސާރަ ކުޑައެއް ނުވާނެއެވެ. އަދި އެ ދާއިރާގެ މުވައްޒަފުންނަށް "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" ގެ ނަމުގައި އިތުރު އެލަވަންސްއެއް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. 

އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއެކު، ފުލް މުސާރަ އަންނަ މަހުން ފެށިގެން ދޭން ފަށާއިރު، އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ 7،400ރ. އަށް ވުރެ ދަށް ނުވާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.