ރައްޔިތުންގެ މަޖިލިސް --
ހަބަރު
24 Nov 2025 | 18:39
ޓެކްސް ޓްރިބިއުނަލްގެ ފަސް މަގާމަށް 14 ފަރާތަކުން ކުރިމަތިލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ. މި މަގާމުތަކުގެ މުއްދަތު ހަމަވާނީ މިމަހުގެ 29 ގައެވެ.

ރައީސް އޮފީހުން މި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން ޖުމްލަ 14 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ރައީސް ޑރ.މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މަގާމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ހިމަނުއްވާފައިވެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ސިޓީ އިއްވުމަށްފަހު، މި ލިސްޓް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން:

1- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ

2- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ

3- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02

4- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ

5- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ

6- އަލް އުސްތާޒް އިބްރާހީމް އަފީފް، ގުލްބަހާރުގެ. ބ. ތުޅާދޫ

7- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު

8- ޝައުފާ އިބްރާހީމް އަކިރިވިލާ. ދ.މީދޫ

9- މުހައްމަދު ވަހީދު އަލީ. ދަފްތަރު ނަމްބަރު: ރ.ސ.4095

10- މުހައްމަދު އިމްތިސާލް އަހުމަދު. މއ. މަލުވިލާ އުތުރުބައި.

11- އާމިނަތު ޝާދިޔާ. މ.ޕިސްތާގެ

12- އިބްރާހީމް ޝަރީފް. ގ. އަލިޝާ

13- މުހައްމަދު އަމީން ޒާހިރު، ނީލާ. ސ.ހިތަދޫ

14- މުހައްމަދު އަބާން އިބްރާހީމް، ގ.އަންމޯލް

ޖުޑިޝަރީ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. އޭގެ ފަހުން، މަޖިލީހުގެ ވޯޓަކުން މި މަގާމުތަކަށް އައްޔަންކުރާނެ ފަސް ބޭފުޅުން ކަނޑައަޅާނެ އެވެ.

ކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅުންހުރި މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާގެ މައްސަލަތައް ބަލައި، ގޮތް ނިންމާ މުހިންމު މުއައްސަސާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.