މެލޭޝިއާގައި ކުރިމަތިވި ފެންބޮޑުވުމުގެ ތެރެއިން-- ފޮޓޯ/ސީއެންއޭ
ދުނިޔެ
24 Nov 2025 | 19:13
ބޯކޮށް ވާރޭވެހި މެލޭޝިއާގެ ބައެއް އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މެލޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެޤައުމުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ފެންބޮޑުވުމުގެ އަސަރު ހަތް ސްޓޭޓެއްގެ އެކި ސަރައްދުތަކަށް ކޮށް، 12،000 މީހުން ގެ ގެދޮރު ގެއްލިފައިވާކަމަށެވެ.

އެ ޤައުމަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކެޑާ، ކެލަންތާން، ޕިނާންގް، ޕޭރާކް، ޕަރްލިސް، ތެރަންގާނޫ އަދި ސެލަންގޯ ސްޓޭޓްގެ ސަރަޙައްދުތަކަށެވެ. 

މި ވިއްސާރައިގާ އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ތައިލެންޑްގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ކެލަންތާނުގެ ހިސާބުތަކުގައެވެ. އެ ސަރަޙައްދުގައި ފެންބޮޑުވުމުގެ ސަބަބުން އަސަރު ކޮށްފައިވާ މީހުންގެ އަދަދު 8,228އަށް އަރާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ނަމަވެސް، ފެންބޮޑުވުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މެލޭޝިޔާގެ ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ ބިންގަނޑު ކެނޑުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވެއެވެ. 

މެލޭޝިޔާގެ ވިއްސާރަ މޫސުން ޢާންމުކޮށް ދެމިގެން ދަނީ އޮކްޓޫބަރު މަހުން ފެށިގެން މާރިޗު މަހުުގެ ނިޔަލަށެވެ. އަދި، މި މޫސުމުގައި އެ ޤައުމުގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭއިރު، ފެންބޮޑުވުމަކީ ކޮންމެ އަހަރަކު ވެސް ކުރިމަތިވާ ކަމެކެވެ. އޭގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތަކެއް ހާސް ބަޔަކަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް