އަފްޣާނިސްތާނުގައި ގޮއްވާލި ސަރަހައްދު ބަލާ ފާސްކުރަނީ-- ފޮޓޯ/ބީސީސީ
ދުނިޔެ
25 Nov 2025 | 10:19
ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ޙަމަލާއެއްގައި 10 މީހުން މަރު!

ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނަށް ދިންް ހަމަލާއެއްގައި މުޅި ޖުމުލަ 10 މީހުން މަރުވެއްޖެއެވެ. 

ޕާކިސްތާނުން މިއަދު މި ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ޚޫސްތު ޕްރޮވިންސަށެވެ. މި ހަމަލާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނި އަންހެނަކާއި 9 ކުޑަކުދިންނެވެ. އެއީ 4 އަންހެން ކުދިންނައި 5 ފިރިހެން ކުދިންނެވެ. 

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު، ޒަހީބުالله މުޖާހިދު ވިދާޅުވީ ޕާކިސްތާނުގެ ޙަމަލާ އަމާޒުކޮށްފައި ވަނީ ވިލާޔަތު ޚާން ކިޔާ ޢާންމުންގެ މީހެއްގެ ގެއަށް ކަމަށެވެ. އަދި އެ ގެ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޤައުމުގެ ކުނާރާއި ޕަކްތިކާ ޕްރޮވިންސުގައި ވެސް ޕާކިސްތާނުން ރޭޑު ޖަހާފައިވާ ކަމަށާއި، އެ ހާދިޘާތަކުގައި ވެސް ޢާންމުންގެ ހަތަރު މީހުންނަށް ޒަޚަމްވެފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

ޕާކިސްތާނުން މި ފަދަ ރޭޑެއް ކުރިއަށް ގެންގޮސްފައި މި ވަނީ ޕާކިސްތާނުގެ ޕެޝާވަރުގައި މަދަނީ ސިފައިންގެ މައި މަރުކަޒު ކައިރީގައި ދިން ބޮމުގެ ދެ ޙަމަލާއެއްްގައި ތިން ސިފައިން މަރުވިތާ އެއް ދުވަސް ފަހުންނެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު ވަނީ ގިނަ ޙަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ތެރޭގައި ޠާލިބާނުން އަފްޣާނިސްތާނުގެ ހިންގުމާ ޙަވާލުވި ފަހުން ހިންގާފައިވާ އެންމެ ވަރުގަދަ ލޭއޮހޮރުވުންތަކެވެ. މި ޙަމަލާ ބަދަލުކުރުން ނިމުމަކަށް އައީ ޤަޠަރުގެ ދައުޙާގައި ހަމަ އެ މަހުގެ ތެރޭގައި ސޮއިކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާއި ގުޅިގެންނެވެ. ނަމަވެސް އަފްޣާނިސްތާނުގައި ތިބެ ޙަރަކާތްތެރިވާ ޕާކިސްތާނާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްސަލައިގައި، އެ އެއްބަސްވުމަށް ފަހު ތުރުކީވިލާތުގައި ކުރިއަށް ގެންދިޔަ ޞުލްޙައިގެ މަޝްވަރާތައް ވަނީ ދާއިމީ އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމަކަށް އައިސްފައެވެ. 

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާންގައި ވެރިކަން ކުރާ ޠާލިބާން ސަރުކާރުން ދަނީ ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ، ޕާކިސްތާނަށް ޙަމަލާދިނުމަށް ހިތްވަރުދެމުންނެވެ. ނަމަވެސް އަފްޣާނިސްތާންގެ ޠާލިބާނުން ދަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.  

މި ހަމަލާތަކާއި ހެދި އެ ދެގައުމުގެ ބޯޑަރުގައި މުދާ ތާށިވެ، 150-200 އެމެރިކާ ޑޮލަރު ދުވާލެއްގެ މައްޗަށް ދައްކަންޖެހިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް