ދިއްލީގެ ވައިގެ ސާފުކަން ދައްވުމާއި ގުޅިގެން ރައްޔިތުން މާސްކު އަޅައިގެން އުޅޭ މަންޒަރު -- ފޮޓޯ/އިންޑިއާޓައިމްސް
ދުނިޔެ
25 Nov 2025 | 12:19
ދިއްލީގެ ވައިގެ ފެންވަރު އަނެއްކާވެސް ދަށަށް!

އިންޑިއާގެ ދިއްލީގެ ވައިގެ ފެންވަރު އަނެއްކާވެސް ދަށަށް ގޮސްފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 7 ޖެހިއިރު ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) ހުރީ 363 ގައެވެ. މިއީ ވައިގެ ފެންވަރު ވަރަށް ދައްކަން ހާމަކޮށްދޭ އަދަދެކެވެ. ނަމަވެސް މިއީ ހޯމަ ދުވަހާއި އަޅާބަލާއިރު ރަނގަޅު އަދަދެކެވެ.

އެ ސަރަހައްދުގެ ވައިގެ ފެންވަރު ދަށްވެފައިވާ މިދަނޑިވަޅުގައި އިތިއޮޕިއާގެ ހައިލީ ގުބީ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވާ އަޅިއާއި ދުމުގެ އަސަރު ދިއްލީ އަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. މިކަމުގެ ސަބަބުން މުޅި އިންޑިއާގެ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވެ އެވެ.

ނަމަވެސް އެގައުމުގެ ޑިރެކްޓަރު ޖެނެރަލް އެމް މޮހަޕަޓްރާ ވިދާލުވީ އިތިއޮޕިއާގެ އަޅި ވިލާގަނޑަކުން ދިއްލީގެ ވައިގެ ތަޣައްޔަރުވުމަކަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

ދިއްލީގެ ވައިގެ ފެންވަރު ދަށްވަމުންދިޔުމާއި ގުޅިގެން ސަރުކާރުން ވަނީ ގްރޭޑްޑް ރެސްޕޮންސް އެކްޝަން ޕްލޭން (ޖީއާރުއޭޕީ) 3  ގެ ނަމުގައި ހަރަކާތެއްވެސް ފަށާފައެވެ. ނަމަވެސް މި އެކްޝަން ޕްލޭންގެ ސަބަބުންވެސް ދިއްލިގެ ވައިގެ ފެންވަރަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. 

އިންޑިއާގެ ވެރިރަށުގެ ބައެއް މޮނިޓަރިން ސްޓޭޝަންތަކުން ވައިގެ ފެންވަރު ބެލިބެލުމުން އެއްބައި ސަރަހައްދުތަކުގައި އޭކިޔުއައި 400 ހުރަސްކޮށްފައިވެއެވެ. މިއީ ވައިގެ ފެންވަރު ވަރަށް ދައްވެ 'ސީރިއަސް’ ކެޓަގަރީގައި ހިމެނޭ އަދަދެކެވެ. އެގޮތުން ރޯހިނީ ގެ  އޭކިޔުއައި ރިޕޯޓްކޮށްފައިވަނީ 416 އަށެވެ. އަދި އަނަންދު ވިހާރު 401 އަށް، ޖަހަންގީރުޕޫރީ އާއި ވަޒީރުޕޫރު އިން ކޮންމެ ގައުމަކުން ހެނދުނު 8 ޖެހިއިރު އޭކިޔުއައި 400 ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އެއިމްސް އާއި ސަފްދަރުޖަންގްގެ އޭކިޔުއައި 323 އަށް އަރާ، 'ވަރަށް ދަށް' ކެޓަގަރީގައި ވަނީ ހިމެނިފައެވެ. މީގެ އިތުރުން ޗަންދާނީ ޗޯކްގައި އޭކިޔުއައި 354، އާރްކޭ ޕޫރަމް ގައި 390، އައިޓީއޯ ގައި 384، ޕަންޖާބީ ބާގް ގައި 391، ޕަޓްޕަރްގަންޖް ގައި 378، ޕޫސާ ގައި 359، އަދި ދުވާރަކާ ސެކްޓަރ-8 ގައި 379 ކަމަށް ރެކޯޑްކޮށްފައިވެއެވެ.

އެގައުމުގެ ވައިގެ ސާފުކަން މިހާ ދަށަށް ވެއްޓުމުން އެގައުމުގެ ސަރުކާރުން މިހާރު ވަނީ އެ ސަރަހައްދުތަކުގެ ހުރިހާ ޕަބްލިކް އަދި ޕްރައިވެޓް އޮފީސްތަކެއް ވެސް ސައިޓްގައި އެންމެ %50 މުވައްޒަފުންނާއެކު ހިންގުމަށެވެ. ބާކީ ތިބި މުވައްޒަފުން މަސައްކަތް ކުރާނީ ގްރޭޑްޑް ރެސްޕޮންސް އެކްޝަން ޕްލޭން (ޖީއާރުއޭޕީ) ގެ ސްޓޭޖް 3 ގެ ދަށުން ގޭގައި ތިބެގެންނެވެ.

މީގެ އިތުރުން، ވައި ތަގައްޔަރުވުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނާއި އަލިފާން ނިއްވުމުގެ ހިދުމަތްތަކާއި އާންމު ދަތުރުފަތުރާއި ފެނާއި ސާފުތާހިރުކަމުގެ ޑިޕާޓްމަންޓްތައް ހިމެނޭ ގޮތަށް ޒަރޫރީ ހިދުމަތްތައް ވެސް ވަނީ ބައެއް ހިސާބުތަކުން އިސްތިސްނާކުރަން މަޖުބޫރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.