މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ވަޒީރު ނާޒިމް ޖަވާބު ދެއްވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
26 Nov 2025 | 11:00
ދުންފަތް މަނާކުރުމަކީ ބައެއް ކުށްތައް އިތުރުވާންވީ ސަބަބެއް ކަމަށް ޤަބޫލެއް ނުކުރަން: ވަޒީރު ނާޒިމް

ދުންފަތް އެތެރެކުރުމުގެ ޤަވާއިދު ހަރުކަށިކޮށް، ދުންފަތް މަނާ ކުރުމުގެ ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން ކުށްއިތުރުވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަނީ ދުންފަތް މަނާކުރުމުގެ ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނަރު ގެއްލުނު ކަމަށާ، އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ތަކެއްވެސް ގެއްލުނުކަން އޭނާ ފާހަގަކުރެއްވިއެވެ. 

”ވަޒީރު ޤަބޫލުކުރައްވަންތޯ މިއީ މި ބޭން އާ ގުޅިގެން ދިމާވި ކަމެއް ކަމަށް؟“ މެންބަރު ވަޒީރު ނާޒިމްއާަ ސުވާލުކުރެއްވިއެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ބަދަލެއްގެ ސަބަބުންވެސް އެ ބަދަލާ ދެކޮޅަށް ބައެއް ކަންކަން ހިނގާނެ ކަމަށެވެ. 

”ކޮންމެ ޗޭންޖަކީވެސް އޭގެ ސަބަބުން ރިޕާކަޝަންތަކެއް އަންނާނެ ކަމެއް. އެކަމަކު އަޅުގަނޑު ނުދެކެން ދުންފަތާ ގުޅިގެން އަޅުގަނޑުމެން މި އަޅަމުން އަންނަ ފިޔަވަޅުތައް އެއީ ކްރައިމްސްތައް އިތުރުވާންވީ ސަބަބެއް ކަމެއް. އެކަމެއް އަޅުގަނޑު ޕާސަނީ ގަބޫލެއް ނުކުރަން.“ ވަޒީރު ނާޒިމް ވިދާޅުވިއެވެ. 

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކޮށް ހެޔޮ އަގުގައި އެ ވިއްކާ މައްސަލަތައް މިފަހުން ވަނީ ބޮޑުވެފައެވެ. އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވެމުންދާއިރު، ވަގަށް އެތެރެ ކޮށްގެން ހިފަހައްޓާފައި ހުންނަ ސިނގިރޭޓް ފަދަ ތަކެތި ބައެއް ފުލުހުންނާއި ކަސްޓަމްސްގެ މުވައްޒަފުންގެ ބައިވެރި ވުމާއެކު ”ގެއްލޭ“ މައްސަލަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.