ކްރިސްޓިއާނޯ ރޮނާލްޑޯ-- ފޮޓޯ/އެމްއެސްއެން
ކުޅިވަރު
26 Nov 2025 | 10:52
ވޯލްޑް ކަޕް ފުރަތަމަ މެޗަކުން ރޮނާލްޑޯ ސަސްޕެންޑެއް ނުކުރާނަން: ފީފާ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑް ނުކުރާން ފީފާއިން ނިންމައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް އިން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ވޯލްޑް ކަޕަށް އޭނާއަށް ސަސްފެންޝަންއެއް އައިސްދާނެކަމަށް ވަނީ ބެލެވިފައެވެ. އަޔަލެންޑް އަތުން 2-0 އިން ޕޯޗުގަލް ބަލިވިމި މެޗުގެ 61 ވަނަ މިނިޓްގައި ރޮނާލްޑޯއަށް ރަތް ކާޑެއް ދައްކާފައިވަނީ އަޔަލެންޑުގެ ޑަރަ އޯޝެއާ އަށް ފައުލުކުރުމުންނެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލް އަށް ކުޅުނު 226 މެޗުގެ ތެރެއިން ސިދާ ރަތް ކާޑެއް ދެއްކި ފުރަތަމަ މެޗެވެ. 

އެގޮތުން މި ރަތާއި ހެދި ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ބެލެވުނެވެ. މިހާލަތުގައި އެގޮތަށް އެކަން ނިމިއްޖެނަަމަ ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅޭ ފުރަތަަމަ ދެ މެޗު ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. 

ނަމަވެސް ފީފާ އިން އިއްޔެ ނިންމީ ރޮނާލްޑޯގެ އެ ރަތް ކާޑަށް ހަމައެކަނި އެއް މެޗަށް އޭނާ ސަސްޕެންޑްކުރުމަށެވެ. އެގޮތުން ނޮވެންބަރު މަހުގެ 16 ވަނަދުވަހު އަރްމީނިއާ އަތުން 9-1 އިން ޕޯޗުގަލް މޮޅުވެ ވޯލްޑް ކަޕްގެ ޖާގައެއް ހޯދި މެޗުގައި ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގައެވެ. 

ފީފާ އިން ނިންމި މި ނިންމުމާއެކު އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގައި ރޮނާލްޑޯއަށް ކުޅެވޭނެކަން މިވަނީ ޔަގީން ވެފައެވެ. އެހެންކަމުން މިއީ މެންޗެސްޓާ ޔުނައިޓެޑް އާއި ރިއާލްމެޑްރީޑަށް ކުރިން މޮޅު ކުޅުމެއް ކުޅެދީފައިވާ، އުމުރުން 40 އަހަރުގެ ރޮނާލްޑޯ ކުޅޭނެ ހަވަނަ އަދި އެންމެ ފަހު ވޯލްޑް ކަޕުވެސް މެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.