ހޮންކޮންގައި ރޯވެ އަނދަމުންދާ މަންޒަރު-- ފޮޓޯ/އޭޕީ ނިއުސް
ދުނިޔެ
27 Nov 2025 | 15:24
ހޮންކޮންގައި އިއްޔެ ރޯވެ އަންދަމުންދާ އަލިފާންގަނޑުގެ ސަބަބުން 55 މަރު!

އިއްޔެ ރޯވެ އަދިވެސް ހުއްޓުމެއް ނެތި ހޮންކޮންގައި އަނދަމުންދާ އަލިފާންގަނޑުގައި މަރުވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ. 

ހޮންކޮންގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވަންގް ފުކް ކޯޓް ރެޒިޑެންޝަލް ކޮމްޕްލެކްސްގައި އިއްޔެ އެގައުމުގެ ގަޑިން މެންދުރު 2:15 ގައި ފެށުނު އަލިފާންގަނޑު އަދިވެސް ދަނީ ރޯވެ އަނދަމުންނެވެ. މި ހާދިސާގައި ޖުމުލަ 55 މީހަކު މަރުވެ 70 މީހަކަށް އަނިޔާވެ ފަރުވާދެމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހާލުދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި 4 މީހުންނާ އަނދަމުންދާ ސަރަހައްދުގައި މަރުވި 51 މީހުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާންގަނޑު ނިންމުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރެއް ހިމެނެއެވެ. މީގެ އިތުރު ފަޔާފައިޓަރަކަށް ވަރަށްބޮޑަށް އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގައި އިއްޔެ މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ 4 މީހުންނެވެ. އަދި ފިހިގެން 9 މީހަކު ހޮސްޕިޓަލް ގައި އިއްޔެ އެޑްމިޓްކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

މި އަލިފާންގަނޑު ފެށިފައިވަނީ ޓައި ޕޯގެ 8 އުސް އިމާރާތުގެ ތެރެއިން 32 ބުރީގެ އިމާރާތެއްގައެވެ. ޖުމުލަ 2000 އެޕާޓްމެންޓް ހުންނަ މި ޑީސްޓްރިކްޓަކީ ގާތަގަނޑަކަށް 4800 މީހުން ދިރިއުޅެމުން އަންނަ ތެނެކެވެ. މިތަނުން އިމާރާތެއްގެ 32 ވަނަ ބުރީގައި ރޯވެ އަލިފާންގަނޑު ވަނީ ވުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަޔާއިއެކު ވަރަށް ބޮޑަށް ފެތުރިފައެވެ. އެހެނަކަމުން މި ސަރަހައްދުގައި ގެދޮރުވެރިވެގެން އުޅޭ މީހުންގެ ތެރެއިން 900 މީހުންނަށް ޗައިނާ ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. 

މި ހާދިސާއާއި ގުޅިގެން މީހުން ސަލާމަތަކުރުމުގެ މަސައްކަތް އަދިވެސް މެދުކެނޑުމެއްނެތި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ގެއްލިގެން 279 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެގައުމު ނޫސްތަކުން މައުލޫމާތުލިބެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ވެސް ހިމެނެއެވެ.

މި ހާދިސާ ކުރިމަތުވާން މެދުވެރިވި ސީދާ ސަބަބެއް އަދިވެސް ދަނީ ތަހުގީގު ކުރެވެމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އެ އިމާރާތަތރައް މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ ކޮންސްޓްރަކްޝަން ކޮންޕެނީ އިން ގަސްތުގައި މީހުން މެރިކަމުގެ ތުހުމަތުގައި ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިންޖިނިއަރިން ކޮންސަލްޓަންޓަކާއި 2 ޑިރެކްޓަރުންނެވެ. 

މިއީ ތާރީހުގައިވެސް ހޮންކޮންގައި ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މީގެ ކުރިން ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެ ސިޓީގައި ހިނގާފައިވާނީ 1996 ގައެވެ. 20 ގަޑި އިރަށް ރޯވެ އަނދަމުންދިޔަ މި އަލިފާންގަނޑުގައި ޖުމުލަ 41 މީހަކު ވަނީ މަރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.