ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
ހަބަރު
27 Nov 2025 | 15:21
އަނބިމީހާއަށް 15،000ރ ދީފައި، ކޮފީއަށް ދިޔައީމަ އަޅުގަނޑުމެން އަތުގައި ނޯވޭ އެއްވެސް އެއްޗެއް: އައްބާސް

އަނބިމީހާއަށް 15،000 ރުފިޔާ ދިނުމަށްފަހު، ކޮންމެ ދުވަހަކު ކޮފީއަށް 1000 ރުފިޔާ ހޭދަކޮށްފައި، އަތުގައި އެއްވެސް އެއްޗެއް ބާކީ ނޯންނަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. 

އައްބާސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުންނެވެ. 

އެގޮތުން އެ ބިލަށް ތާއިދު ކުރައްވައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ފަސް ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން 20 މިލިއަނެއްހާ ރުފިޔާ އަހަރަކު ހޭދަކުރާ ކަމަށެވެ. އަދި އެ ރައީސުންނަކީ ރައްޔޮތުންގެ ޓެކްސް ފައިސާއިން އިނާޔަތްތައް ލިބިގެން ދިރިއުޅެމުންއަންނަ ބަޔަކަށް ވާއިރު، މަދު ރައީސަކު މެނުވީ ގައުމަށް ފައިދާވާ ކަމެއް ކުރައްވާތަން ނުފެންނަ ކަމަށް އައްބާސް ވިދާޅުވިއެވެ. 

މިއާއެކު އައްބާސް ވަނީ ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ތާއީދު ކުރައްވާކަން ފާހަގަކުރައްވައި މަޖިލީހު މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވާހަކަ ފައްޓަވާފައެވެ. 

މަޖިލީހު މެންބަރުންގެ މުސާރަވެސް ކިޑަ ކުރަންވީ. އިނާޔަތްތައްވެސް ކުޑަކުރަންވީ. އަޅުގަނޑަށްހެޔޮ އެއްވެސް އެއްޗެއް ނުދިނަސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ އެއްވެސް އެއްޗެއް ނުދިން ނަމަވެސް ރައްޔިތުންނަށްޓަކައި މަޖިލީހުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ލިބޭ މުސާރައިންވެސް ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ލިބެނީ 79،700 ވަރަކަށް ރުފިޔާ… 82،500ރ. ޓެކްސްއަށް ކަނޑާފައި. އަޅުގަނޑުމެން ގޭގެ ރެންޓު 25،000ރ. ދައްކާފައި، އެއް އަނބި ހުރިއްޔާ އެ އަނބިމީހާއަށް 15،000ރ. ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500… 1،000ރ. ދިޔައިމަ އަތަކު ނޯވޭ އެއްވެސް އެއްޗެއް،" އައްބާސް ވިދާޅުވި އެވެ. 

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

މިއާއެކު އޭނާވަނީ އޭނާ ކުރިން ވެސް އުޅުއްވީ މަޖިލީހުން ލިބޭ މުސާރައަކުން ނޫން ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑަށް ހެޔޮ އިންޝުއަރެންސް ނުލިބުނަސް، އަޅުގަނޑަށް ހެޔޮ ހިމާޔަތާއި ރައްކާތެރިކަން ނުލިބުނަސް، އެންމެ ނިކަމެތި ހާލުގައި އުޅުނު ގޮތުގައި ދެން ވެސް އުޅެވޭނެ،" އައްބާސް ވިދާޅުވި އެވެ. 

އެހެންކަމުން މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތްތަކުން ކަނޑަންޖެހޭ އެއްޗެއް ހުރި ނަމަ ކަނޑާލަން ތާއިދުކުރައްވާ ކަމަށާ، ޚަރަދު ކުޑަކުރުމަށް އެކަން ކުރުމަށް އޭނާގެ %100 ތާއީދު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
އިއްބެ
ދެންއެހެންފައިސާދަނީޖަހައްނަމައަށް އެއީރައްޔިތުންގެފައިސާއަމިއްލައަށްމުސާރަކަނޑައަޅައި ފޭރޜތީ
27 Nov 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.