ހޮންކޮންގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތްތައް-- ފޮޓޯ/އޭޕީ
ހަބަރު
29 Nov 2025 | 12:40
ހޮންކޮންގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 128 ހަށް އަރައިފި

ހޮންކޮންގެ މީހުން ދިރިއުޅޭ ޓަވަރުތަކެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 128 އަށް އަރައިފިއެވެ. 

ހޮންކޮންގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވަންގް ފުކް ކޯޓް ރެޒިޑެންޝަލް ކޮމްޕްލެކްސްގައި މިދިޔަ ހުކުރު ދުވަހު އެގައުމުގެ ގަޑިން މެންދުރު 2:15 ގައި ފެށުނު އަލިފާންގަނޑުގައި ޖުމުލަ 128 މީހަކު މަރުވި ކަމަށް އެޤައުމުގެ ކަމާބެހޭ އޮފިޝަލުން ވަނީ ބުނެފައެވެ. މި ހާދިސާގައި 200 މީހުންގެ ޚަބަރެއް ވެފައިނުވާއިރު، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުން ވަރަށް ގާތް ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. 

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާލާފައެވެ. ސަބަބަކީ އެތަނުގެ ތެރޭގައި ދިރިހުއްޓައި މީހަކު ފެނިދާނޭކަމަށް ނުބެލެވޭތީއެވެ. ނަމަވެސް ރޯވި އިމާރާތްތައް ތަހުޤީޤު ކުރުމުގެ ތެރޭގައި އެ ތަންތަނުން އިތުރު ހަށިތައް ފެނުން އެށީގެންވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާންގަނޑު ނިންމުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރެއް ހިމެނެއެވެ. އަލިފާނުގެ ހާދިސާގައި އަނިޔާވެ ފަރުވާދެމުންދާ 79 މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި 12 ފަޔާފައިޓަރުން ހިމެނެއެވެ. 

ހޮންކޮންގައި ހިނގާދިޔަ އަލިފާނުގެ މި ހާދިސާގައި ރޯވެފައިވަނީ ޓައި ޕޯގެ 8 އުސް އިމާރާތުގެ ތެރެއިން 32 ބުރީގެ އިމާރާތެއްގައެވެ. ޖުމުލަ 2000 އެޕާޓްމެންޓް ހުންނަ އެތަނގައި ގާތަގަނޑަކަށް 4800 މީހުން ދިރިއުޅެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިތަނުން އިމާރާތެއްގެ 32 ވަނަ ބުރީގައި ރޯވެ އަލިފާންގަނޑު ވަޔާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަޔާއިއެކު ވަރަށް ބޮޑަށް ފެތުރި މުޅި އިމާރާތުގައި ހިފާފައެވެ. 

މި ހާދިސާއާއި ގުޅިގެން 8 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި 1 އަންހެނަކު ހިމެނެއެވެ. މި 8 މީހުންނަކީ ރޯވި އިމާރާތްތައް މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ ކޮންސްޓްރަކްޝަން ކޮންޕެނީގައި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. 

މިއީ ހޮންކޮންގެ ތާރީހުގައިވެސް ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މީގެ ކުރިން ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެ ސިޓީގައި ހިނގާފައިވާނީ 1996 ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް