ފިޓްޖެހި ހޮކޭއަށް އޭޑީކޭގައި ފަރުވާދެނީ

މުހައްމަދު ރަޝީދު (ހޮކޭ)... ފޮޓޯ: ހޮކޭ ފޭސްބުކް

އޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) މެޗްގެ ތެރެއިން ފިޓްޖެހި ވެއްޓުމާ ގުޅިގެން އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ހޮކޭ ވެއްޓިފައިވަނީ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް ކްލަބާއި، ޓީސީ ބައްދަލުކުރިމެޗްގެ ތެރެއިންނެވެ. ހޮކޭ ވެއްޓުނީ ބޯޅައަށް ފުންމައިން އަރައި ބޮލުންޖަހަން އުޅެނިކޮށެވެ. ދަނޑުމައްޗަށް ވެއްޓުމާއެކު ހޮކޭއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ދަނޑުމަތީގައެވެ. އެއަށްފަހުން އޭޑީކޭއަށް ގެންދިޔައީއެވެ.

ބައެއް މީޑިއާތަކަށް މަުއލޫމާތު ދެމުން އޮޑި ސްޕޯޓްސްގެ އޮފިޝަލުން ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުންވެސް ފިޓްޖެހުނު ކަމަށެވެ. އޭދީކޭ އެމަޖެންސީޯ ރޫމްގައި ހޮކޭއަށް ފަރުވާދެމުން އަންނައިރު، ކޮންމެވެސް ވަރަކަށް އޭނާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

ނޭވާ ހިއްލުމުގެ މައްސަލަތައް ހުރުމުގެ ސަބަބުން މީގެ ކުރިންވެސް ހޮކޭއަށް ފަރުވާ ދޭންޖެހުނުއިރު، ކުރިމަރިވި ސިއްހީ އެ މައްސަލަތަކާހުރެ އޭނާ ވަނީ މީގެ ކުރިން ކުޅުންވެސް ހުއްޓާލާފައެވެ.

ކޮމެންޓް
އުސްތާޒް
ޢެމްބިއުލެސް ގަޑަށް ދައްކަންޖެހޭ ފައިސާކޮޅުވެސް ކާލާފައި ޕިކަޕަކަށް ލާފަ ފޮނުވީ.
30 Nov 2025
ގުޅޭ ލިޔުންތައް
23 Dec 2025
މި ފަހަރު އިހްޔާ ފޯރަމްގައި ޤުރުއާން ކިޔަވާނީ ދިގު ރާގަށް ކިޔެވުމުގައި ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނާއި ކުޑަކުދީން
23 Dec 2025
ޕީއެންސީގެ ކައުންސިލް ޓިކެޓަށް އެދި 308 ކެންޑިޑޭޓުން، ބޮޑު ޕްރައިމަރީއެއް
22 Dec 2025
މާލޭގައި ޑްރަގް އޮޕަރޭޝަނެއް: މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
22 Dec 2025
މާލެ އަތޮޅުގައި ހިންގާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން އީޕީއޭއަށް ލިބޭ ޝަކުވާ އިތުރުވެއްޖެ
22 Dec 2025
އެމްޑީޕީ ކައުންސިލް ޕްރައިމަރީ: އަލީ އާޒިމްގެ ފަރާތުން ޝަކުވާގެ ދިގު ސިޓީއެއް، އިތުބާރު ގެއްލޭ އެތައް ކަމެއް
22 Dec 2025
ބީއެމްއެލުން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކުރުމަށް ތައްޔާރުވަނީ
22 Dec 2025
ވީއައިއޭ އައު ޓާމިނަލުން 500،000 އަށްވުރެ ގިނަ ފަސެންޖަރުން ހިދުމަތް ހޯދައިފި
22 Dec 2025
ފެންނަން އޮތް ހަގީގަތް؛ ދެ އަހަރުން ސިއްހީ ދާއިރާއިން ހުޅުމާލެއަށް ބޮޑު ބަދަލެއް