މީސަލްސް ބަލި ފެތުރޭ ޖަރާސީމު--ފޮޓޯ/އިންޓަނެޓު
ދުނިޔެ
30 Nov 2025 | 09:43
އެމެރިކާގާއި ހަލުވިކަމާއިއެކު މީސަލްސް ބަލި ފެތުރެނީ

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުވި ކަމާއިއެކު މީސަލްސް ބަލި ފެތުރެން ފަށައިފިއެވެ. 

އެގޮތުންމި އަހަރު އެމެރިކާގައި 1،798 އަށް ވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާ ކަމަށް ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުދަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދެއްގެ މީހުންނަށް މި ބަލި ޖެހުނު އަހަރެވެ. މި ބަލީގެ ސަބަބުން އެސަރަހައްދުގައި ތިން މީހަކު މަރުވެފައިވާއިރު، 212 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައެވެ. ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި މި ބަލި ޖެހުނު މީހުނެގެ ތެރެއިން %92 މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ.

ސިއްހީ މާހިރުން ވަކާލާތު ކުރަމުން ދާގޮތުގައި އެމްއެމްއާރު ވެކްސިން އަކީ މި ނުރައްކާތެރި ބަލި ފެތުރުނަ ނުދިނުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. މި ވެކްސިން އަކީ %97 ކާމިޔާބު ވެކްސިނެއްކަމަށް ރިޕޯޓްކޮށްފައިވެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ސަރަހައްދަކުން މި ބަލި ފެތުރުނަ ނުދީ ހިފެހެއްޓޭނީ އެ ސަރަހައްދެއްގެ %95 މީހުން ވެކްސިން ޖަހައިގެންނެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ވިދާޅުވާގޮތުގައި ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ވެކްސިން ޖަހައިގެން ތިބި މީހުންގެ އަދަދު މަދުވުމުން މި ބަލި ފެތުރެމުންދާ މިންވަރު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. 

ހާއްސަކޮށް ތުއްތު ކުދިންނަށް ނުރައްކާތެރިކަން ބޮޑު މި ބަލިމަޑިކަމުން ސަލާމަތްވުމަށް ކުޑަކުދިންނަށް އާންމުކޮށް މީސްލްސް ވެކްސިން ދެނީ 12 މަހާއި 15 މަހާއި ދެމެދުގައެވެ، އަދި ދެވަނަ ޑޯޒެއް 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާއެއްގައި ދެވެއެވެ.

މީސަލްސް އަކީ ވައިގެ ޒަރީއާއިންވެސް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ނުރައްކާ އެންމެ ބޮޑީ 5 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. މި ބަލި ޖެހުމަށް ފަހު އާއްމުގޮތެއްގައި 10 ދުވަސް ތެރޭ ބަލި ރަނގަޅުވެއެވެ. ނަމަވެސް މި ބަލީގެ ނުރައްކާތެރި ހާލަތުގައި މަރުވުންވެސް އެކަށީގެންވެއެވެ.  

މީސަލްސްގެ ސަބަބުން ނިއުމޯނިއާ އާއި ސިކުނޑީގެ ބަލިތަކާއިވެސް ކުރިމަތިވުން އެކަށިގެންވެއެވެ. އަދި ލޯފަންވުމާއި، ކަންފަތްބީރުވުމާއި، ބޭރަށްހިންގުމާއި، ދުވަސް ނުފުރާ ވިހެއުންފަދަ ކަންކަންވެސް ކުރިމަތިވެއެވެ. 

ވޭތުވެ ދިޔަ އަހަރު އެކަނިވެސް 11 މިލިއަން މީހުންނަށް ވަނީ މި ބަލި ޖެހިގެން ރިޕޯޓުކޮށްފައެވެ.

  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް