ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު --
ހަބަރު
02 Dec 2025 | 19:11
ކްރިމިނަލް ކޯޓުގެ ޤާޒީ ފާއިޒް ވަކިކުރަން ކޮމެޓީން ނިންމައިފި

ކްރިމިނަލް ކޯޓުގެ ޤާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް މައްސަލަ ފޮނުވީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފިއެވެ.

ފާއިޒް އެމަގާމުން ވަކިކުރަން ކޮމެޓީން ނިންމިއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޤާޒީ ފާއިޒް ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. އެގޮތުން އޭނާ ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

އެ މައްސަލަތަކާއި ގުޅިގެން ފާއިޒް 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރިއިރު، އެ ދެ މައްސަލާގައި ވެސް ޤާޒީ ފާއިޒްގެ ނިންމެވުންތަކާ މެދު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ނިންމީ ޤާޒީ ފާއިޒް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ. އެގޮތުން ޖޭއެސްސީން ޖުޑީޝަރީ ކޮމެޓީއަށް ފޮނުވި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ކޮމެޓީގައި ވަނީ ޖޭއެސްސީން އެ އިޖުއާރަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ. އެކަން ކޮމެޓީން ނިންމީ ދެ ކަމަކަށް ބެލުމަށްފަހުއެވެ.

އެގޮތުން އެ ކޮމެޓީގައި ވަނީ ޖޭއެސްސީން ފޮނުވި ލިޔެކިއުންތަކުން އިޖުރާއަތް ފުރިހަމަކޮށްފައިވާކަން އެނގޭ ކަމަށާއި، އެ މައްސަލައާއި ގުޅިގެން ޤާޒީ ފާއިޒް ވެސް ޝަކުވާއެއް މަޖިލީހަށް ނުވަތަ އެހެން ތަނަކަށް ވެސް ހުށަހަޅައިފައިނުވާކަން ފާހަގަކޮށްފައެވެ.

އެހެންކަމުން ޤާޒީ ފާއިޒް ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވުމަށް ކޮމެޓީގެ އިއްތިފާގުން މިއަދު ނިންމައިފައިވެއެވެ. 

ޤާޒީ ފާއިޒް ވަކިކުރުމަށް ކޮމެޓީން ނިންމިއިރު، އޭނާއާއި ދެކޮޅަށް ޖޭއެސްސީން ބަލަމުންއައި މައްސަލަތަކުުގެ ތެރެއިން ލަމްހާގެ މައްސަލަ ފާހަގަކުރެވެއެވެ. އެގޮތުން ލަމްހާ ދެ ފަހަރަކު ބަންދުން ދޫކޮށްލިއިރު، އެ ދެ ފަހަރު ވެސް ހައި ކޯޓުން ވަނީ އެ ނިންމުންތައް ވަނީ ބާތިލްކޮށްފައެވެ. އެންމެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ބަންދުން ދޫކޮށްލުމަށް ފާއިޒް ނިންމެވުމުން، ދައުލަތުން ހައި ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވަނީ އަލުން ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފައެވެ.

ފާއިޒްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ވަނަ އަހަރު ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 2021 ވަނަ އަހަރު ސަސްޕެންޑްކުރެވިފައެވެ.

އެފަހަރު ސަސްޕެންޑްކުރީ ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ޖޭއެސްސީން ނިންމުމަށް ފަހު، އޭނާގެ ސަސްޕެންޝަން އުވާލައިއެކު މަގާމަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.