ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު --
ހަބަރު
03 Dec 2025 | 16:14
ކްރިމިނަލް ކޯޓުގެ ޤާޒީކަމުން ފާއިޒް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފާއިޒް އެ މަގާމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި، ފާއިޒް އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވިއެވެ. ފާއިޒު މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޒީކަމުން ފާއިޒް ވަކިކުރަން ނިންމައިފައިވަނީ، އޭނާ އާއި ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެންނެވެ. 

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މަގާމުން އެ މަގާމުން ފާއިޒް ސަސްޕެންޑްކުރީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

އެ މައްސަލަތަކާއި ގުޅިގެން ފާއިޒް 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރިއިރު، އެ ދެ މައްސަލާގައި ވެސް ޤާޒީ ފާއިޒްގެ ނިންމެވުންތަކާ މެދު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ނިންމީ ޤާޒީ ފާއިޒް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ. އެގޮތުން ޖޭއެސްސީން ޖުޑީޝަރީ ކޮމެޓީއަށް ފޮނުވި މައްސަލައާއި ގުޅިގެން އިއްޔެ ބޭއްވި ކޮމެޓީގައި ވަނީ ޖޭއެސްސީން އެ އިޖުއާރަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ. އެކަން ކޮމެޓީން ނިންމީ ދެ ކަމަކަށް ބެލުމަށްފަހުއެވެ.

އެގޮތުން އެ ކޮމެޓީގައި ވަނީ ޖޭއެސްސީން ފޮނުވި ލިޔެކިއުންތަކުން އިޖުރާއަތް ފުރިހަމަކޮށްފައިވާކަން އެނގޭ ކަމަށާއި، އެ މައްސަލައާއި ގުޅިގެން ޤާޒީ ފާއިޒް ވެސް ޝަކުވާއެއް މަޖިލީހަށް ނުވަތަ އެހެން ތަނަކަށް ވެސް ހުށަހަޅައިފައިނުވާކަން ފާހަގަކޮށްފައެވެ.

ޤާޒީ ފާއިޒް ވަކިކުރުމަށް ކޮމެޓީން ނިންމިއިރު، އޭނާއާއި ދެކޮޅަށް ޖޭއެސްސީން ބަލަމުންއައި މައްސަލަތަކުުގެ ތެރެއިން ލަމްހާގެ މައްސަލަ ފާހަގަކުރެވެއެވެ. އެގޮތުން ލަމްހާ ދެ ފަހަރަކު ބަންދުން ދޫކޮށްލިއިރު، އެ ދެ ފަހަރު ވެސް ހައި ކޯޓުން ވަނީ އެ ނިންމުންތައް ވަނީ ބާތިލްކޮށްފައެވެ. އެންމެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ބަންދުން ދޫކޮށްލުމަށް ފާއިޒް ނިންމެވުމުން، ދައުލަތުން ހައި ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވަނީ އަލުން ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.