ޒުވާނުންތަކެއް ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ މަންޒަރު-- ފޮޓޯ/އޭއާރ.އިންސްޕަޔާޑްޕެންސިލް
ދުނިޔެ
04 Dec 2025 | 10:08
މިއަދުން ފެށިގެން އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަކަށް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެވޭނެ

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

އެގޮތުން މިއަދު 'މެޓާ' އިން ވަނީ ފޭސްބުކާއި އިންސްޓަގްރާމް އަދި ތްރެޑްސް ގައި ރަޖިސްޓްރީ ކޮށްފައިވާ 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް މިއަދު ޑީއެކްޑިވޭޓް ކުރަން ފަށާފައެވެ. އަދި މީގެ ފަހުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް މެޓާގެ ޕްލެޓްފޯމަކަށް ނުވަދެވޭނެގޮތަށް މެޓާއިން ވަނީ ފިޔަވަޅު އަޅަންފަށާފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާ ފެށޭއިރު އެގައުމުގައި 16 އަހަރު ނުފުރޭ ކުއްޖަކަށް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެވޭނެއެވެ. 

މިއީ މިދިޔަ އަހަރު ނޮވެންބަރު މަހު އެގައުމުގެ ސަރުކާރުން ފާސްކުރި 'އޮންލައިން ސޭފްޓީ އެމެންޑްމަންޓް' (ސޯޝަލް މީޑިއާ މިނިމަމް އޭޖް އެކްޓް) ގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ގަވައިދުގައި ވާގޮތުން އެގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

މި 'ސޯޝަލް މީޑިއާ ބޭން' ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ. 

އަދި މި ގާނޫނުގައި ސޯޝަލް މީޑިއާ ކުންފުނިތަކަށް 16 އަހަރުން ދަށުގެ އެކައުންޓްތައް ބްލޮކް ނުވަތަ ޑިލީޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވެއެވެ. އެގޮތުން މި ޒިންމާ އަދާނުކޮށްފިނަމަ 49.5 މިލިއަންޑޮލަރާއި ހަމައަށް އެ މީޑިއާ ކުންފުނިތައް ޖޫރިމަނާ ކުރުމުގެ ބާރު އެގައުމުގެ ސަރުކާރަށް ލިބިގެންވެއެވެ. 

މި ގަވައިދުގެ ދަށުން އަދި އެގަމުގެ ކުޑަކުދިންނަށް ބޭނުން ކުރުން މަނާކޮށްފައިވަނީ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް، އެކްސް (ކުރިން ޓްވިޓަރ)، ޔޫޓިއުބް، ރެޑިޓް، ޓްވިޗް، ކިކް އަދި ތްރެޑްސްއެވެ.

އޮސްޓްރޭލިއާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ %96 ކުދިން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. މީގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅު އެގައުމުން ވަނީ ހަރުކަށިކޮށް އަޅާފައެވެ.

އެ ގައުމުގެ ސަރުކާރުން ބުނާގޮތުގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަގުސަދަކީ ކުޑަކުދިންގެ ނަފްސާނީ ސިއްހަތު ރައްކާތެރިކުރުމާއި، ގެއްލުން ހުރި ކޮންޓެންޓަށް ހުށަހެޅުން މަދުކުރުމާއި، ސައިބަރ ބުލީފަދަ ނުރައްކާތެރި ކަންކަމުން އެކުދިން ދުރުހެލިކުރުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ