ވޯލްޑް ކަޕްގެ މެޗު ތާވަލް އާއްމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ގެޓީއިމަޖެސް
ދުނިޔެ
07 Dec 2025 | 08:53
މިފަހަރުގެ ވޯލްޑް ކަޕު ތާވަލް އާއްމުކޮށްފި

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގަޑިތަކާ ޓީމުތައް ހިމެނޭހެން ފީފާއިން މެޗު ތާވަލް އާއްމުކޮށްފި އެވެ.

މި ތާވަލް އާއްމުކޮށްފައިވަނީ އެކަމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު، ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ނަޒާރިއޯ އާއި އިޓަލީގެ ފްރެންޗެސްކޯ ޓޮޓީ ފަދަ ފަރާތްތައް ބައިވެރިވި އެވެ. އަދި މި ރަސްމިއްޔާތަށް ވޯލްޑް ކަޕް ޓްރޮފީ ސްޓޭޖަށް ގެނެސްދިނީ އާޖެންޓީނާ އަށް އެންމެ ފަހުގެ ތަށި ނަގައިދިން ކޯޗު ލިއޮނެލް ސްކަލޯނީ އެވެ. 

މި ފަހަރުގެ މުބާރާތަކީ 48 ގައުމާ އެކު، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އަންނަ އަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ.  

ތާވަލްގައި ވާގޮތުން މުބާރާތް ހުޅުވާ މެޗު އޮންނާނީ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައެވެ. މި މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. އަދި މި މެޗު އޮންނާނީ ޖޫން 11 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ރޭގަނޑު 9 އާއި ހެނދުނު 9 އާ ދެމެދުގެ ވަގުތުތަކުގަ އެވެ. މެޗު ކުޅޭ ސްޓޭޑިއަމް ހުންނަ ތަންތަނަށް ބަލައި، އުތުރު އެމެރިކާ ސަރަހައްދުގެ ހަތަރު ޓައިމް ޒޯނެއްގައި މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އާއި ދޭއް ޖަހާއިރު އާއި ތިނެއް ޖަހާއިރު އަދި ފަތިހު 5 ޖަހާއިރު އާއި ހެނދުނު 6، 7 އަދި 8 ޖަހާއިރު ވެސް މުބާރާތުގެ މެޗުތައް ކުޅެމުން ދާނެއެވެ. 

މިފަހަރުގެ ވޯލްޑް ކަޕަކީ އެހެން އަހަރުތަކަށް ވުރެ ގިނަ ޓީމުތަކާ އެކު ކުޅޭ މުބާރާތަކަށް ވުމުން، މި މުބާރާތުގެ ނޮކައުޓް ބުރު ފަށާނީ ގަދަ 23 ޓީމު ހިމަނައިގެންނެވެ. އޭގެ ތެރޭން ގަދަ 16 ގެ މެޗުތައް ކުޅޭނީ ރޭގަނޑު 10 އާއި ފަތިހު 5 އާ ދެމެދުގަ އެވެ. އަދި ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 އާއި ހެނދުނު 6 އާ ދެމެދު އެވެ.

ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު ދޭއް ޖަހާއިރު އެވެ. ނަމަވެސް ޖުލައި 14 އަދި 15 ވަނަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ ދެ މެޗާއި ޖުލައި 19 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މި މެޗު ކުޅޭނީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ.

މި މުބާރާތަށް މިހާތަނަށް ވަނީ 42 ޓީމު ކޮލިފައި ވެފައެވެ. ނަމަވެސް އަދި ކުރިއަށް އޮތް ޕްލޭ އޮފްތަކުން އިތުރު ހަ ޓީމު އަދި މުބާރާތަށް ކޮލިފައި ވާނެކަމަށް ފީފާއިން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ